ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި 7 މީހަކަށް ދައުވާކުރަން ފޮނުވައިފި
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި 7 މީހުންނަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕީޖީ ޝަމީމަށް އަމާޒުކޮށް ހަމަލާދީފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުއެވެ.
ޕީޖީ ޝަމީމަށް ދިން ހަމަލާގައި އެބޭފުޅާ ގެ ވާއަތްޕުޅުގައި ވަނީ ރެނދުލިއިރު، އެބޭފުޅާ އަށް ހަމަލާދީ ޒަހަމް ކޮށްލީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެއިންނެވެ.
ފުލުހުން ވަނީ އެބޭފުޅާ އަށް ހަމަލާ ދިން ފަރާތްތައް ހޯދާ، ތަހުގީގު ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރެވުނު 7 މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާއާ ގުޅިގެން ހައްޔަރުކުރި 7 މީހުން ތިބީ މިހާރުވެސް ބަންދުގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް