ލަގަނެއް ނެތް އަހެއްހެން އެއްވެސް ސިޔާސީ ޕާޓީއެއް ދޫކޮއްލާފައި ނުބޭއްވޭނެ : އީސީ ޝަރީފް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިލެކްޝަން ކޮމިޝަންއިން މަސައްކަތް ކުރަނީ ގާނޫނުތަކާއި ގަވަދުތަކަށް ފުށުނާރާގޮތައް މަސައްކަތް ކުރުމަށް ކަމަށާއި ސިޔާސީ ޕާޓީތަކަށް ބާރެއް ނުހިންގާ ލަގަނެއް ނެތް އަހެއްހެން އެއްވެސް ސިޔާސީ ޕާޓީއެއް ދޫކޮއްލާފައި ނުބޭއްވޭނެކަމަށް އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރިފް މިހެން ވިދާޅުވީ ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލިމާލެ ދާއިރާ މެމްބަރ ނިހާން ކުރެއްވި ޓްވީޓް އަަކަށް ޖަވާބު ދެއްވާ އީސީ މެންބަރ ހަބީބް ކުރެއްވި ޓްވީޓް އަކަށް ބާރު ދެއްވުމުގެ ގޮތުންނެވެ.
އީސީ އިން މަސައްކަތް ކުރައްވަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތަ ނުދިނުމަށް ކަމަށާއި މިކަން ވަގުތުން ވަގުތައް ހުއްޓުވަން ޖެހެ ކަމަށް ވިދާޅުވެ ނިހާން ކުރެއްވި ޓްވީޓް ވަނީ ހަބީބް ދޮގު ކުރައްވާފައެވެ.
އަދި ސިޔާސީ ޕާޓީތަަކަށް ގާނޫނީ އިމުގެ ތެރެއިން އިސީގެ ފަރައިތުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބިލަށްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އީސީގެ ރައީސް ޝަރީފް އެމަގާމަށް އަށްޔަނު ކުރުމުގެ ކުރިން ޝަރީފުވެސް ހުންނެވީ ޕީޕީއެމްގައެވެ.
އަދި ރިޔާސީ އިންތިހާބްގެ ކުރިން ރައީސް ޔާމީނާ ގުޅިގެން ވޯޓް އޮޅުވާލުމުގެ މަސައްކަތް ޝަރީފް ކުރައްވާކަމަށް އޭރުގެ އިދިކޮޅު ފަރައިތަކުން ތުހުމަތު ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުން ރައީސް ޔާމިން އަށް ނާކާމިޔާބު ވުމާއެކު ވާހަކަ ބަދަލުވެގެންދިޔައެވެ.
ޝަރީފް މަސައްކަތް ކުރައްވަނީ އަމިއްލަ އެގެންޓާއެއްގައި އިންތިހާބް ކާމިޔާބު ކުރެއްވި ފަރާތުން އެދޭގޮތައް ކަމަށާއި ޕީޕީއެމްއަށް ޒާތީވެގެންކަމަށް ޕީޕީއެމް އިން ތުހުމަތު ކުރަންފެށިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް