ހަންސީ ފްލިކް
ހަންސީ ފްލިކް
ކުޅިވަރު 24 May 2024 | 22:40

ބާސެލޯނާގެ ކޯޗަކަށް ފްލިކް

ސްޕެއިންގެ ބާސެލޯނާ އިން އެޓީމުގެ ކޯޗު ޒަވީ ހަނާންޑޭޒް މަގާމުން ވަކިކުރުމަށްފަހު، ފަހުގެ ތާރީޚެއްގައި އެޓީމަށް ކުރިމަތިވި އެންމެ ލަދުވެތި ނަތީޖާ (8-2) ނަތީޖާއަކުން ބަޔާން މިއުނިކް އަތުން ބަލިވިއިރު، އެޓީމުގެ ކޯޗަކަށްހުރި ޖަރުމަނު ހަންސީ ފްލިކް ބާސާގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސުމަށް ނިންމައިފިއެވެ.

ލީގުގައި ބާކީ އެއްމެޗު އޮއްވައި ޒަވީ މަގާމުން ވަކިކުރަން ނިންމިކަން ކުލަބުން އިއުލާންކުރި ނަމަވެސް ލީގުގެ ފަހު މެޗުގައި އާދިއްތަދުވަހު ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާއަށް އިރުޝާދު ދޭނީ ޒަވީ އެވެ. އަދި އެމެޗަކީ ބާސެލޯނާގެ ބެންޗުން ޒަވީ ފެނިގެންދާނެ ފަހު މެޗުކަން މިހާރު ވަނީ ޔަގީންވެފައެވެ.

މީގެ އިތުރުން ޒަވީގެ ބަދަލުގައި ކުރިއަށް އޮތް ސީޒަނުގައި އެކުލަބުގެ ބެންޗުން ފެނިގެންދާނީ ބަޔާން މިއުނިކާއި ޖަރުމަނުގެ ކުރީގެ ކޯޗު ހަންސީ ފްލިކް އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފްލިކް އާއި އެކު ބާސެލޯނާ އިން ވަނީ ދެއަހަރުގެ އެއްބަވުމެއް ހަދާފައެވެ.

އުމުރުން 59 އަހަރުގެ ފްލިކް ވަނީ 2019 އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ބަޔާން މިއުނިކާއެކު ދެފަހަރު ބުންޑަސްލީގާ ޗެންޕިއަންކަން ހޯދުމުގެ އިތުރުން ޖަރުމަނު ކަޕާއި، ޖަރުމަނު ސުޕަކަޕް، ޔުއެފާ ޗެންޕިއަންސް ލީގު، ޔުއެފާ ސުޕަކަޕްގެ އިތުރުން ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ޖަރުމަނުގެ ގައުމީ ޓީމަށް އިރުޝާދުދީފައެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ދެއަހަރުތެރޭގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ 141 މެޗު ކުޅެފައިވާއިރު، އޭގެތެރެއިން 89 މެޗުން އެޓީމު މޮޅުވެ، 29 މެޗުން ބަލިވެފައިވާއިރު 23 މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ. އަދި ޒަވީ އާއެކު ބާސެލޯނާ އިން ވަނީ ލަލީގާގެ އިތުރުން ސްޕެނިޝް ސުޕަކަޕް ޗެންޕިއަންކަން ހޯދާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...