ޒުވާނުންގެ މުބާރާތުގެ ތަށި ޖިބިއްލީން އުފުލާލަނީ: ފޮަޓޯ/ ޖިބިއްލީ ސްޕޯޓްސް ކްލަބް
ޒުވާނުންގެ މުބާރާތުގެ ތަށި ޖިބިއްލީން އުފުލާލަނީ: ފޮަޓޯ/ ޖިބިއްލީ ސްޕޯޓްސް ކްލަބް
ކުޅިވަރު 21 Nov 2025 | 16:42

މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާނަކީ ޖިބިއްލީކަން އަނެއްކާވެސް ސާބިތުކޮށްދީފި؛ މިފަހަރު އުފުލާލީ 13ވަނަ ތަށި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާނު، ޖިބިއްލީ ސްޕޯޓްސް ކްލަބުން ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގެ ތަށި 13 ވަނަ ފަހަރަށް އުފުލާލައިފިއެވެ.

މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު، ޒުވާނުންގެ 22 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ އެކްސްޕްރެސް އާއި ޖިބިއްލީ ސްޕޯޓްސް ކްލަބެވެ.

މި މެޗު 7-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޖިބިއްލީ ސްޕޯޓްސް ކުލަބުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު، ޖިބިއްލީއަށް ކާމިޔާބު ކޮށްދިނީ، އެ ޓީމުގެ ޖާޒީ ނަންބަރު 17 ނަސޫހުއެވެ.

1-0 ނަތީޖާއަކުން ފުރަތަމަ ހާފު ނިމިފައިވާއިރު، ދެވަނަ ހާފުގައި ޖިބިއްލީން ވަނީ ލީޑް ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އެޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު 15 އަބްދުالله މިދުހަތު ފަހުމީއެވެ. އެފަހުން މާ ގިނައިރުތަކެއް ނުވެ، ނަސޫހު ވަނީ ލީޑް އިތުރަށް ފުޅާކޮށް ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

ނަސޫހު ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ/ ޖިބިއްލީ ސްޕޯޓްސް ކްލަބް

ޖިބިއްލީން ލީޑް ފުޅާކޮށްފައިވަނިކޮށް މެޗުގެ 61 ވަނަ މިނެޓްގައި އެކްސްޕްރެސް އިން ވަނީ ލަޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު 20 އީނާޒެވެ.

ނަމަވެސް އޭގެ ފަހުން ޖިބިއްލީން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ. އެތަނުން އެއްލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިދުހަތެވެ. އަނެއް ތިން ލަނޑުޖަހައި މެޗުގައި ހެޓްރިކް ހަދާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ޒުވާން ކުޅުންތެރިޔާ، ޖިބިއްލީގެ ޖާޒީ ނަމްބަރު 14, އިޝްފާޤެވެ.

7-1 ގެ ނަތީޖާއަކުން ފައިނަލް މެޗު ނިމިގެން ގޮސްފައިވާއިރު، މި ނަތީޖާއާއެކު ޖިބިއްލީން ވަނީ މަހިބަދޫ ފުޓުބޯޅައިގެ ރަސްގެފާނަކީ އެ ޓީމުކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ. މިއީ ޖިބިއްލީން ޒުވާނުންގެ މުބާރާތުގެ ތަށި މިލްކު ކުރި ހަތަރުވަނަ ފަހަރެވެ.

އެގޮތުން، އެޓީމުން ވަނީ މިއަހަރުގެ އިތުރުން މަހިބަދޫ ޒުވާނުންގެ މުބާރާތުގެ މިހާތަނަށް ބޭއްވުނު މުބާރާތްތަކުން، 2010, 2012، 2013، 2014, 2016, 2017, 2018, 2019, 2021, 2022، 2023 އަދި 2024 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ވެސް ޗެންޕިއަންކަން ކޮށްފައެވެ. މަހިބަދޫގެ ތާރީޚްގައިވެސް ޖިބިއްލީގެ މި ކާމިޔާބީއާއި ވާދަކުރެވޭ ވަރުގެ ޓީމެއް އަދި ނެތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...