N/A
N/A
ހަބަރު 13 Dec 2018 | 02:42

ވެރިއެއްގެ އޮޑް ޑިޕްލޮމަސީ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ކޮބައިހެއްޔެވެ. ޚާރިޖީ ސިޔާސަތު ހިންގަނީ ސީދާ ސަރުކާރުން ހެއްޔެވެ. މިސުވާލުތައް މިއުފެދެނީ ރައީސް ސާލިހް ސަރުކާރާ ހަވާލުވުމަށްފަހު ކަންކަން ހިނގައި ހާމަވަމުންދާގޮތުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ހުވާކުރުމުގެ ރަސްމިއްޔާތަށް އެކިގައުމުތަކުގެ ޑިޕްލޮމެޓިކް ބޭފުޅުންވަޑައިގެންނެވިއިރު އަޅުގަޑަށް އެގިފައިވާ ފާހަގަކޮށްލެވޭ ކަމެއް ހިނގިއެވެ. ޕާކިސްތާނުން ވަޑައިގެންނެވި އިސްމަންދޫބަށް ފޮރިންމިނިސްޓްރީގެ ބޭފުޅުން ރިސީވްކޮށް ވީއައިޕީއަށް ގެންދިޔައެވެ. ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއަރޕޯޓްގައި އުޅުއްވައެވެ. ޕާކިސްތާންގެ މަންދޫބާއި ބައްދަލުނުކުރެއްވިއެވެ. އެކަމަކު ޖެހިގެން ސީޝެލްސްގެ ސަރުކާރުން ވަޑައިގެންނެވި އައްޑޫ އަފީފްގެ ބޭފުޅަކަށް މަރުހަބާވިދާޅުވާން ނަޝީދު ނުކުމެވަޑައިގެން އޭނާއާއި ސަލާންގަލާންކުރައްވައި ވީވީ އައިޕީއަށް ގެންދެވިއެވެ. ދެން ސްރީލަންކާއިން ވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ޗަންދުރިކާއަށްވެސް ނަޝީދު މަރުހަބާ ވިދާޅުވެ ވީވީއައިޕީއަށް ގެންދެވިއެވެ. މިމަންޒަރު ބައްލަވަން ޕާކިސްތާނުގެ މަންދޫބު ކޯފާވެފައި ވީއައިޕީގައި ހުންނެވިކަމަށް އެތާގައި ތިއްބެވި ބައެއް ބޭފުޅުންވިދާޅުވެއެވެ.

ނަޝީދު މަރުހަބާވިދާޅުވެ ވީވީއައިޕީގެ ޝަރަފްދެއްވި ބޭފުޅުންނަކީ ޕާކިސްތާނުންވަޑައިގެންނެވި މަންދޫބާއި ބަލާއިރު ވަކި ބުރަދަން ބޮޑު ބޭފުޅުންނެއް ނޫނެވެ. އެހެންނޫނަސް ޕާކިސްތާނަކީ ސަރަހައްދުގެ ނިއުކްލިއަރ ޕަވަރއަކަށްވެ އަދި ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިވަމުންދާ ޒަމާނުއްސުރެ ރަހްމަތްތެރި ގައުމަކަށްވާއިރު މިފަދައިން އެންމެންގެ ކުރިމަތީގައި އަދި ޚާއްސަކޮށް ޕާކިސްތާނުގެ މަންދޫބަށް އެގިވަޑައިގަންނަވާގޮތަށް އިހްތިރާމް ކުޑަކޮށްލުމަކީ ދިވެހި ރާއްޖެފަދަ ގައުމެއްގެ ހަރުދަނާ ރިވެތި ޑިޕްލޮމެޓިކް އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅަކު ކުރާނެކަމެއްތޯއެވެ. ކޯފާވެފައިހުންނެވި ޕާކިސްތާނުގެ މަންދޫބު ވީއައިޕީގައި މަޑުކުރައްވަންވެސް ބޭނުންފުޅެއްނުވިއެވެ. މާލެވަޑައިގަންނަވަން އެދިވަޑައިގެން ވަޑައިގެންނެވީއެވެ.

މިއީ ރައީސް ނަޝީދަށް އެގިވަޑައިނުގެން ކުރެއްވި ކަމެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. ފޮރިންމިނިސްޓްރީން އެމަނިކުފާނަށް ބްރީފްކޮށްދޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެކަމަކު ޕާކިސްތާނުގެ މަންދޫބާއިމެދު މިފަދައިން އަމަލުކުރި އެއްސަބަބެއްކަމަށް ގަބޫލުކުރެވެނީ ޕާކިސްތާނާމެދު އޮންނަ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމެކެވެ.

އެހީދޭ ގައުމުތަކާ ދިމާކުރަންވާނީ ދިމާކުރެވޭވަރުގެ ގާބިލްކަމެއް ހުރެގެން!!

ދެން ފާހަގަކުރެވޭ އަނެއްކަމަކީ ދުނިޔޭގެ އިގްތިސާދީ އެންމެ ވަރުގަދަ އެއްބާރުކަމުގައިވާ އަދި ދިވެހި ރާއްޖެއަށް ފަހަކަށް އައިސް އެންމެ ގިނަ ލޯން އެހީއާއި ހިލޭ އެހީ ފޯރުކޮށްދެމުންގެންދާ ޗައިނާގެ ސަފީރު އެމްޑީޕީގެ އޮފީހަށް ގެންދެވުމެވެ. ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އޮފީހުގައި ޗައިނާ ސަފީރާއި ބައްދަލުކުރެއްވިކުރެއްވުން އިންޑިޔާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިޔާގައި ލިޔެފައި އޮތެވެ.

ނޫހުގައި ނަޝީދު ވިދާޅުވެފައި އޮތީ ޗައިނާގެ ސަފީރު ގެނެސް ދެއްވި ބިލްތަކުން 3 ބިލިޔަނެއްހާ ޑޮލަރަށް ދިވެހި ރާއްޖެ ޗައިނާއަށް ދަރާފައިވާކަމަށެވެ. މިނޫހުން ޗައިނާގެ ޚާރިޖިއްޔާއަށް ގުޅުމުން ނަޝީދު ދެއްކެވި ވާހަކަފުޅު ދޮގުކުރިއެވެ. ޗައިނާ ސަފީރު އެމްޑީޕީގެ އޮފީހަށް ގެންދިޔަ ވާހަކަ އިންޑިޔާގެ މީޑިއާތަކަށް ކިޔައިދިނުމަކީ އިންޑިޔާ-ޗައިނާގެ ވާދަވެރިކަމަށް ބަލާއިރު ދިވެހިރާއްޖެފަދަ ގައުމަކުން ކުރަން އެކަށީގެންވާކަމެއްތޯ ސުވާލު ނުއުފެދޭނެތޯއެވެ. ފިނޭންސް މިނިސްޓަރ އަމީރް ހާމަކުރެއްވި މައުލޫމާތަތަކުން ދިވެހި ރާއްޖެ ދަރުވާލާފައިވާކަމަށް ބުނަމުދުންދިޔައީ ވަރަށް ބޮޑަށް އޮޅުވާލައިގެން އެގެއެވެ.

ރާއްޖެއަށް އެހީދޭ ގައުމުތަކާބެހޭގޮތުން ހަގީގަތާ ޚިލާފް ދޮގު މައުލޫމާތު ފަތުރަމުންދިޔުމުގެ ނަތީޖާއަކަށްވާނީ ކޮންކަމެއްކަން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އެގިވަޑައިގަންނަވައެވެ. އެމަނިކުފާނު ބޭރުގެ އެހީ އާސަރުކާރަށް ހޯއްދަވަން ބޭރުގައުމުތަކަށް އެކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޗައިނާއެއް ނުހިމެނުނެވެ. ލަފާކުރެވޭގޮތުން ޚާރިޖީވަޒީރަށް މިވަގުތު މަރުހަބާ ކިޔަން ޗައިނާއިން ބޭނުން ނުވީއެވެ.

ޗައިނާއާބެހޭގޮތުން ދައްކަވަމުންގެންދާ ވާހަކަފުޅުތަކުން ޗައިނާ ރުޅިއައިސްގެން އެގައުމުން ރާއްޖެއަށް ފޮނުވާ ތިންލައްކަ ފަތުރުވެރިން އައުން ހުއްޓުވާލައިފިއްޔާ ދިވެހި ރާއްޖޭގެ އިގްތުސާދު އެންމެ ދުވަހަކު އިނދަޖެހި ރިސޯޓްތައް ބަގްރޫޓްވެގެންދާނެކަން ހަމަ ވިސްނިވަޑައިނުގަންނަވަނީތޯއެވެ. ޔޫރަޕުން އަންނަ ފަތުރުވެރިންމަދެވެ. އިންޑިޔާއިން ފަތުރުވެރިން ޗައިނާއިން ފޮނުވާގޮތަށް ފޮނުވާކަށް ބޭނުމެއްނުވެއެވެ. ދިވެހި ރާއްޖެއަށް ތަނަވަސްކަމެއް ލިބިދާނެތީއެވެ. ޗައިނާއިން ލޯންދިނުން ހުއްޓުވައިލީމާ އިންޑިޔާގެ ފައިބުޑަށް ވެއްޓެންޖެހޭނެކަން އިންޑިޔާއަށް އެގެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...