"ސިނަމާލެ ބްރިޖު ރަން" އަށް ބްރިޖުގެ ދެކުނުފަޅި ބަންދު ކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރުމުގެ އުފަލުގައި ބާއްވާ ސްޕޯޓްސް ފެސްޓިވަލް "ސިނަމާލެ ބްރިޖު ރަން" އަށް ސިނަމާލެ ބްރިޖުގެ ދެކުނުފަޅި (ހުޅުމާލެއިން މާލެއަށް ދުއްވާ ފަޅި) މިއަދު މެންދުރުފަހު 3:00 އިން ހަވީރު 4:30 ގެ ނިޔަލަށް ބަންދުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދުޅަހެޔޮ ހަށިހެޔޮ އީދު" ސްޕޯޓްސް ފެސްޓިވަލްގެ ތެރެގައި ހިމެނޭ މި ރަން އަށް ދެކުނުފަޅި ބަންދުކުރި ނަމަވެސް އެވަގުތައް ބްރިޖުގެ އުތުރު ފަޅީ ދެ ލޭނުގެ ތެރެއިން އެއް ލޭނު، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އުޅަނދުތަކަށް ހާއްސަކުރެވިގެންދާނެކަމަށް ޓްރެފިކް ޕޮލިސްއިން މައުލޫމާތުދެއްވައެވެ.
https://www.facebook.com/TrafficPoliceMv/photos/a.729357587410383/889791084700365/?type=3
މި ފެސްޓިވަލް ފެށިގެން ދާނީ މިއަދު މެންދުރުފަހު 2:00 ގައި ބޭއްވިގެންދާ ބީޗު ވޮލީ މެޗަކުންނެވެ.
މިމެޗައްފަހު ރާޅާއެޅުމާއި ބޮޑީބޯޑިންގްގެ ހަރަކާތްތަކާއި، ސްކޭޓިންގް އަދި ފެތުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް މައުލޫމާތު ލިބެއެވެ.
"ދުޅަހެޔޮ ހަށިހެޔޮ އީދު" ސްޕޯޓްސް ފެސްޓިވަލް ނިމިގެންދާނީ 5:30 ގައި ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެޓްއަކުުންނެވެ. މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް