އަދީބު
އަދީބު
ހަބަރު 01 Jan 2025 | 20:16

އަދީބުގެ މައްޗަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

މޯލްޑިވްސް މާކެޓިން، ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް މަސްދުވަހުގެ ތެރޭގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ އަދީބު 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 2 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފައެވެ. މި ހުކުމް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އޭރު 2 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ ދެމަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށެވެ.

ސިވިލްކޯޓުން އިއްޔެ އަދީބުގެ މައްޗަށް 1 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކުރީ މިއަދާ ހަމަޔަށް އާއިރުވެސް ފައިސާ އެއްކޮށް  ދައްކާފައި ނުވުމުންނެވެ. ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ ފަރާތުން ބުނެފައިވައިވަނީ، އެއް މިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަކީ ދަތިކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތް 4 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރެއިން ބޮޑުބައެއް ގެއްލިފައިވަނީ ރައީސް ޔާމިނު ޗެއާކުރައްވަމުން ގެންދަވާ އިކޮނޮމިކް ކައުންސިލްގެ ތެރެއިންނެވެ. އޭރު ކައުންސިލްގެ ޗެއާއަކީ ރައީސް ޔާމީނުއެވެ. ކޯ ޗެއާއަކީ އަހުމަދު އަދީބެވެ. ފަހުން އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިވުމުން 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން ވަނީ، އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާކަމުން އަދީބު ވަކިކުރައްވައި، ކައުންސިލުންގެ ކަންކަން ސީދާ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށަށް ބަދަލުކުރައްވާފައެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލުހުކުމެއް ކުރެއްވި ނަމަވެސް ފަހުން ރައީސް ސޯލިހު ވަނީ،  އަދީބުއަށް މައާފްދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
05 Oct 2026 ހަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ

މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން މައްސަލަ ފޮނުވުމަށް ނިންމައިފި އެވެ. މިއީ އެންޓި-...