ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް
ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް
ވިޔަފާރި 11 Jul 2024 | 07:41

ރޭގަނޑުވެސް ދަތުރުކުރެވޭ ގޮތަށް، ސީޕްލޭން ރަންވޭ ދިއްލާލަނީ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސީޕްލޭން ޖައްސާ ފެނުގެ ރަންވޭ ދިއްލުމުގެ މަސައްކަތް ފަށަން މަސައްކަތް ކުރަމުންދާ ކަަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގަނީ ވެލާނާ އެއާޕޯޓްގައި ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އެންމެ ބާރުބޮޑު ދުވަސްވަރުގައިވެސް ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓް އުޅެނީ މިނެޓެއްހާ ކައިރީގައި ކަމަށެވެ.

“އެއީ ގަޑިއިރެއް ތެރޭގައި 60 މޫވްމެންޓް، ގާތް ގަނޑަކަށް 70 އާއި ގާތްކުރާ ވަރަށްވެސް ސީޕްލޭން މޫވްމަންޓް މައްޗަށް ދޭ. މި އަހަރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓް އެއަށްވުރެވެސް އިތުރު ކުރުމަށް. މިއާއެކު ގަޑިއެއްހާ އިރު ތެރޭގައި 84 ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓަށް އިތުރު ވާނެ،".

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު

ޝަރީފް އިތުރަށް ވިދާޅުވީ، އެމްއޭސީއެލް އިން ދަނީ، ސީޕްލޭން އިންޑަސްޓްރީއާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ކަމަށާ، މި އަހަރުގެ ފިނިމޫސުމުގެ ޕީކް ސީޒަނާއި ދިމާކޮށް ސީޕްލޭނަށް ހާއްސަ ފެނުގެ ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިއާއެކު ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓް އިތުރުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިހާރު ސީޕްލޭންތަކުގެ ދަތުރުތައް އޮންނަނީ އިރުއޮއްސި 6:00 އާ ހަމައަށް ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ސީޕްލޭން ޖައްސާ ވޯޓަރ ރަންވޭ ދިއްލުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއިއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިއަހަރުގެ ފިނި މޫސުމުގެ ޕީކް ސީޒަނަށް، އަލި ކުރެވުފައިވާ ފެނުގެ ރަންވޭއެއްް އިތުރު ކުރުމަށް. އޭރުން އެއާޓްރެފިކް މޫވްމަންޓް އިތުރު ވާނެ. މިހާރު އެއާޓެކްސީއަށް ދަތުރު ކުރެވެނީ އިރޮއޮއްސި 6:00 އާ ހަމައަށް. އަޅުގަނޑުމެން އެއާޕޯޓް ލައިޓިންގ މެނުފެކްޗަރުންނާއެކު މަސައްކަތް ކުރަމުން މިދަނީ ސީޕްލޭންގެ ރަންވޭ ދިއްލުމުގެ މަސައްކަތް ކުރެވޭތޯ. މީގެ ސަބަބުން 6:00ގެ ފަހުންވެސް ސީޕްލޭން ދަތުރުތައް ކުރެވޭނެ. މީގެ ސަބަބުން ފަތުރުވެރިކަމަށް ފައިދާ ކުރާނެ،".

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު

މީގެ އިތުުރުން ޝަރީފް ވަނީ، ވެލާނާ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، އައު ޕެސެންޖާ ޓާމިނަލް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އެ ޓާމިނަލްގެ އެއް ބައި މި އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށާ އަދި އެ ޓާމިނަލް އެއްކޮށް 2025 އަހަރުގެ މެދު ތެރޭގައި ނިމެނޭ ކަމަށް ވިދާޅުވެފައެވެ.

މިއާއެކު ވަރަށް ރަނގަޅު ފުރިހަމަ ތަޖުރިބާއެއް ފަސެންޖަރުންނަށް ލިބިގެން ދާނެ ކަން ޝަރީފް ފާހަގަކުރައްވާފައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި
01 Oct 2026 ހަބަރު

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި

‏މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދު އަދި ބޯޑުގެ މެމްބަރ، ސަޙަރު ވަޙީދު, އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފިއެވެ. އެ ދެމީހުން މަގާމު...

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި
30 Aug 2026 ހަބަރު

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ...

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް
24 Aug 2026 ހަބަރު

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އާ ދެމެދު ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމ...

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
23 Aug 2026 ވިޔަފާރި

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ދުބާއީން ފުރައިގެން މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ފްލައި ދުބާއީގެ ފްލައިޓެއް އިމަޖެންސީގައި ރަންވޭއަށް ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ދިމާވި މައްސަލައަކާ ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...