އެމްއެމްޕީއާރްސީގެ މައްސަލައިގައި ޒަމީރު ފުލުހަށް ހާޒިރުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރަށް އަންގައިފިއެވެ.
ޒަމީރަށް މިއަދު ހަވީރު ހަތަރެއް ޖަހާއިރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާކަމަށް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފްވެސް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ޒަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީއާއި ގުޅުންހުރި ކޮން މައްސަލައެއްގެ ތަހުގީގަށްތޯ ކަށަވަރުވާގޮތް ވަނީ ނުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ހިނގި ދުވަސްވަރުގައި ޒަމީރު ހުންނެވީ އެ މިނިސްޓްރީގެ މަގާމެއްގައި ނޫނެވެ. ޒަމީރަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް