ދ. ކަނޑިންމަ ރިސޯޓް ކައިރިން ކިނބުލެއް ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދ. އަތޮޅު ކަނޑިންމަ ރިސޯޓް ކައިރިން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، ދިގު މިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ ދ.އަތޮޅު ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިން ކަމަށެވެ.
އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް