މަޓީގެ މިއަހަރުގެ އަހަރީ އާއްމުޖަލްސާ.. ފޮޓޯ: މަޓީ
މަޓީގެ މިއަހަރުގެ އަހަރީ އާއްމުޖަލްސާ.. ފޮޓޯ: މަޓީ
ހަބަރު 24 Aug 2026 | 17:15

ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ

ރިސޯޓްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރުފައިސާގެ ތެރެއިން މިހާރު މާރުކުރަން ލާޒިމްކޮށްފަ އޮންނަ އަދަދު 40 އިންސައްތައަށް އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫންކަމަށް ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

ރިސޯޓްތަކުން މާރުކުރާ ބޭރުފައިސާގެ މިންވަރު އިތުރުކުރުމަށް ނިންމާފައިވާކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މަޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިސޯޓް އޮޕަރޭޓަރުންގެ ތެރެއިން ބަޔަކު ބޭރު ފައިސާގެ ކަޅު ބާޒާރަށް މަގުފަހިކުރާ ކަމުގެ ތުހުމަތުތަކާ ގުޅިގެން "ކެޓަގަރީ އޭ" ގެ ތަންތަނުން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު ޖުމްލަ އާމްދަނީގެ 40 އިންސައްތައަށް ބޮޑުކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ކަންބޮޑުވާކަމަށެވެ.

މަޓީގެ ބަޔާނުގައި ބުނީ އިއްޔެ މަޓީގެ އެގްޒެކެޓިވް ބޯޑު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކުއްލި ބައްދަލުވުމަކަށް ހާޒިރުކުރެވުނު ކަމަށެވެ. ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ބޯޑަށް އެންގެވީ ތަންފީޒީ އިދާރާތަކުގެ ތަޙުޤީޤުތަކުން ބައެއް ރިސޯޓް އޮޕަރޭޓަރުން ޣައިރު ޤާނޫނީ މުޢާމަލާތްތައް މެދުވެރިކޮށް ކަޅު ބާޒާރުގެ ރޭޓް އާދަޔާޚިލާފަށް މައްޗަށް ގެންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިފަދަ އެއްވެސް ޢަމަލެއްގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް މަޓީން ސާފުކޮށް ބުނެފައިވާކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ.

މި މައްސަލައިގެ ފެށުން ގޮސް ގުޅެނީ އޮގަސްޓް ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރާ އެކު މަޓީން ބޭއްވި ބައްދަލުވުމަށްކަން ފާަގަކުރަމުން މަޓީގެ ބަޔާނުގައި ބުނެފައިވަނީ، އެ ބައްދަލުވުމުގައި އެމްއެމްއޭއިން ހުށަހެޅީ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަންޖެހޭ މިހާރުގެ އުސޫލު އުވާލައި "ކެޓަގަރީ އޭ" ގެ ހުރިހާ ތަނަކުން 20 އިންސައްތަ މާރުކުރާ ގޮތަށް ބަދަލުކުރުމަށް ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން 10 އިންސައްތައަށް ވުރެ އެ މިންވަރު މައްޗަށް ގެންގޮސްގެން ނުވާނެ ކަމަށް ބުނެފައިވާނޭ ކަމަށާއި، އެހެން ނަމަވެސް މަދު ހަފުތާތަކެއް ތެރޭ އެ ނިސްބަތް 40 އިންސައްތައަށް ބޮޑުކުރުމަށް ހުށަހެޅުމުން ސިނާޢަތަށް އެ ބުރަ ތަހައްމަލުކުރެވެން ނެތް ކަމަށް މަޓީން ބުންޏެވެ.

އެގޮތުން ރިސޯޓްތަކުން މިހާރު ވެސް ތެލާއި މުސާރައާއި ސަރވިސް ޗާޖާއި މުދަލާއި ލޮޖިސްޓިކްސް، ފަތުރުވެރިން އުފުލުމާއި ޓީޖީއެސްޓީއާއި ގްރީން ޓެކްސާއި ވިތްހޯލްޑިންގ ޓެކްސާއި އިންކަމް ޓެކްސާއި ބިމު ކުއްޔާއި ބޭރު ފައިސާގެ ލޯނު އަނބުރާ ދެއްކުމަށް ޑޮލަރުން ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ޖުމްލަ 200 މެންބަރުންގެ ތެރެއިން 146 ރިސޯޓެއް ތަމްސީލުކުރާ މަޓީން ބުނެފައި ވަނީ ސަރުކާރާއި އެމްއެމްއޭ އަދި ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކޮށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ތައްޔާރަށް އޮތް ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދަށް އެންމެ ގިނައިން ބޭރު ފައިސާ ވައްދައިދޭ ފަރާތެއްގެ ހައިސިއްޔަތުން ބޭރު ފައިސާގެ މައްސަލައިގައި ސަރުކާރާ އެކު އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް މަޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.