ބްރިޖުން ކުރާ ބަސްދަތުރުތަކަށް ދިހަ ރުފިޔާ ނަގަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިނަމާލެ ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަ ރުފިޔާ ނެގުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.
އެމްޕީއެލްއިން މިގޮތަށް ނިންމާ ވަނީ މިއަދު އިއުލާނެއްކޮށްފައެވެ.
އެމްޕީއެލްއިން ބުނީ މީގެ ކުރިން ހިލޭ ކުރަމުންދިޔަ ދަތުރުތަކުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަގުނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ނެގުމަށް ހަމަޖެހިފައިވާ އަގުތަކަކީ:
މާލެ - ހުޅުމާލެ -/10 ރުފިޔާ
ހުޅުމާލެ - މާލެ -/10 ރުފިޔާ
މާލެ - އެއަރޕޯޓް -/10 ރުފިޔާ
އެއަރޕޯޓް - މާލެ -/10 ރުފިޔާ
ހުޅުމާލެ - އެއަރޕޯޓް -/10 ރުފިޔާ
އެއަރޕޯޓް - ހުޅުމާލެ -/10 ރުފިޔާ، އެވެ.
މި ދަތުރުތަކަށް ފައިސާ ދެއްކުމަށް ޚާއްސަ ކާޑެއް ތައާރަފްކުރުމަށް އެމްޕީއެލްެއިން ވަނީ ނިންމާފައެވެ. 25 ޑިސެންބަރ އިން ފެށިގެން މިކާޑް މާލޭ ބަސްޓާމިނަލްއިންނާއި ހުޅުމާލޭ މެއިން ބަސް ސްޓޮޕްއިން ލިބެން ހުންނާނެ ކަމަށް އެމްޕީއެލްެއިން ބުނެއެވެ. މީގެ ކާޑެއްގެ އަގަކީ -/20 ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް