އިންޑިޔާއާއި ރާއްޖެއާއި ދެމެދު އާ ވިސާ އެގްރީމެންޓްއެއް ގާއިމްކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާއާއި ރާއްޖޭގެ ދޭދޭ ރައްޔިތުންގެ ފަސޭހައަކަށްޓަަކައި ދެގައުމުގެ މެދުގައި އާ ވިސާ އެގްރީމެންޓްއެއް ގާއިމްކުރަން ނިންމައިފިއެވެ.
މި ނިންމުން ހާމަކޮށްފައިވަނީ، މިހާރު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެން އުޅުއްވާ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ޑިސެމްބަރު މަހު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އާ ވިސާ އެގްރީމެންޓްއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މި އާ އެގްރީމެންޓްގެ ސަބަބުން، އިންޑިޔާގައި ތިބޭ ދިވެހި ކިޔަވާކުދިންގެ ބެލެނިވެެރިންނާއި ބަލަދުވެެރިންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި އިންޑިޔާއަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ދިމާވާ އުނދަގޫތަކަށްވެސް ހައްލު ލިބޭނެކަމަަށް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހުގައި އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ގިނަ ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރެވި، މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް