ރައީސް ނަޝީދު މާލޭ ސިޓީ ކައުންސިލް އާއި ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ޒިޔާރަތްކުރައްވައި ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި އެމަނިކުފާނުވަނީ މާލެ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވިދާނެކަންކަމާ ބެހޭގޮތުން އެމަނިކުފާނުގެ ހިޔާލު ހުށަހަޅުއްވާފައެވެ.
ލާމަރުކަޒީ ނިޒާމަށް ރާއްޖެ ފުރަތަމަ ބަދަލު ވެގެންއައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އެމަނިކުފާނު ފާހަގަކުރެވިފައިވަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ބާރުއަޅުއްވައި ވަކާލާތުކުރައްވާ ބޭފުޅެއްގޮތުގައެވެ.
ނިމިދިޔަ ދެ ސަރުކާރުން ކައުންސިލްތަކުގެ ބާރު ހަނިކުރައްވާފައި ވަނިކޮށް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމާ ހަވާލުވުމާއެކު ކައުންސިލަތަކަށް ވަނީ ކައުންސިލްތަކުގެ ބާރުވެރިކަން އަބުރައި ދެއްވާފައެވެ.
ނަމަވެސް ކުއްލިގޮތަކަށް އައި މިބަދަލާއެކު ސިޓީ ކައުންސިލަށް ވަނީ މުވަޒަފުންނާއި އިދާރީގޮތުން ބޮޑެތި ގޮންޖެހުމެއް ކުރިމަތިލާންޖެހިފައިކަން ފާހަގަކޮށްލަންޖެހެއެވެ.
މާލެ ސިޓީއަކީ 150،000 ވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދާ، ހައްލުކުރަން ޖެހިފައިވާ މައްސަލަ ގިނަ ތަނެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް