މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ އެވެ.
ތޮށިގަނޑުގެ ގައުތަކުގެ ތެރެއަށް ވެއްޓި އެ މީހާ ތާށިވެފައި އޮއްވާ ފެނުނީ އެ ސަަރަހައްދުގައި އުޅުނު ބަޔަކަށް މީހަކު އެހީއަށް އެދި ގޮވާ އަޑު އިވިގެން ގޮސް ބެލުމުން ކަމަށް އެނގިފައިވެ އެވެ.
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
މާލޭގެ ތޮށިގަނޑު ލާފައިވަނީ ބޮޑު ގައު ނުވަތަ ޓެޓްރޮޕޮޓް ޖަހައިގެންނެވެ. އެއީ ތިންފައިލީ ބޮޑު ގައުތަކެއް ކަމުން އެ ތަނަށް މީހަކު ވެއްޓިއްޖެނަމަ ތާށިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް