ހިޔާޕާކްގައި ހިންގި މާރާމާރީގައި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހިޔާޕާކް ގައި ރޭ ހިނގި މާރާމާރީގައި ފުލުހުންގެ ބެލުމުގެ ދަށަށް 18 އަހަރު ނުފުރޭ ކުއްޖަކު ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، ރޭ 20:40 ހާއިރުކަމަ މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭކަމަށް ފުލުހުން ބުންޏެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި މި މާރާމާރީގައި އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް އެއްޗެހި އުކާފައިވާއިރު، ގާފަދަ ތަކެތި އުކިކަކަމަށް މަންޒަރުދުށް ބައެއް އާންމުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.
ހިޔާ ސަރަހައްދުގައި ގްރޫއްޕު މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުނދަގޫ ބޮޑުކަމަށް އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ފާހަގަކުރެއެވެ. ހޯމް މިނިސްޓަރު އަލީ އިހްސާންވެސް ވަނީ އެ ސަރަހައްދުގައި ކުށްކުރުން އިތުރުވާަކން ފާަހަގަކޮށް، ފުލުހުން އެތަން ބެލެހެއްޓުމުގެ ކަންކަން ކުރަމުންދާކަން ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް