N/A
N/A
ހަބަރު 27 Nov 2018 | 12:50

ރަނގަޅަށް ދިރާސާނުކޮށް ފަތުވާ ނުދީ: ޑރ.ޝަހީމް

އިސްލާާމްދީނުގެ ކަންކަން ރަނގަޅަށް ދިރާސާނުކޮށް ފަތުވާނުދިނުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، އައްޝައިހް އަލީ ޒައިދަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ޑރ.ޝަހީމް ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް މިހެން ވިދާޅުވީ ޓެކްސް ނެގޭނީ މުދަލު ޒަކާތް ނެގުމަށްފަހު، އޭގެން ނުވާނަމަ ކަމުގައި ވިދާޅުވެ ޝައިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގެ ހަބަރަށް ރައްދުދެއްވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ ޒަކާތަކީ އަށް ބަޔަކަށް ބެހިގެންވާ އެއްޗެއް ކަމަށާއި، އޭގެން އުމްރާނީ ތަރައްގީއަަށާއި ސަރުކާރު ހިންގުމަށް ހަރަދު ނުކުރެވޭނެކަމަށެވެ. އަދި ދައުލަތް ހިންގުމަށް ޒަކާތުގެ އިތުރުން ޓެކްސްވެސް ނަގައި، އަދުލުވެރިކަމާއި އެކު ބޭނުންކުރަން ޖެހޭނެކަމަށް ޑރ.ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ޓެކްސް ނެގުމަކީ އުމަރުގެފާނާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތުންވެސް އޭގެ އަސްލުތައް ފެންނަން އޮތްކަމެއް ކަމުގައި ފާހަގަކުރައްވާ ޑރ.ޝަހީމްވަނީ ޒަކާތް އަދި ޓެކްސް ނެގުމަކީ އިސްލާމީ އެހެނިހެން ގައުމުތަކުގައިވެސް އަމަލުކުރާ ނިޒާމެއްކަމަށް ވިދާޅުވެފައެވެ.

ޒަކާތާއި ޓެކްސް އެއްކޮށް ނެގުން ކުރަންވާނީ ވިޔަފާރިވެރިންނަށް ފަސޭހަވާނެ ގޮތަކަށްކަމަށްވެސް ޑރ.ޝަހީމް ވަނީ ބަޔާންކުރައްވާފައެވެ.

ޑރ.ޝަހީމްގެ ފޭސްބުކް ޕޯސްޓް ނިންމަވާލައްވަމުން އެބޭފުޅާ ވަނީ ޝައިޚް އަލީ ޒައިދުގެ އަރިހުގައި މިފަދަ ކަންކަމުގައި އިލްމީ ދިރާސާކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.