އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ފޮޓޯ/ ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ 13 Apr 2025 | 06:14

ޕްރެޝަރު ބޮޑުވެ، އެމެރިކާގެ ޓެރިފުން ސްމާޓްފޯނާއި އެހެން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސްމާޓްފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ޓެކްނޮލޮޖީ ބާވަތްތައް، ޓްރަމްޕް އިދާރާއިން ކަނޑައަޅާފައިވާ "ރެސިޕްރޮކަލް ޓެރިފް" އިން އިސްތިސްނާ ކޮށްފައިވާ ކަމަށް އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން (ސީބީޕީ) އިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ޗައިނާއިން އިމްޕޯޓް ކުރާ ތަކެއްޗަށް ކަނޑައަޅާފައިވާ 125 އިންސައްތައިގެ ބޮޑު ޑިއުޓީވެސް ހިމެނެއެވެ.

އެގޮތުން ސީބީޕީ އިން ނެރުނު ލިސްޓުގައި 20 ބާވަތެއްގެ އުފެއްދުންތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހުރިހާ ކޮމްޕިއުޓަރުތަކާއި، ލެޕްޓޮޕްތަކާއި، ޑިސްކް ޑްރައިވްތަކާއި އަދި އޮޓޮމެޓިކް ޑޭޓާ ޕްރޮސެސިންގ ސާމާނު ހިމެނޭ 8471 ކޯޑުގެ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ސެމިކޮންޑަކްޓަރ ޑިވައިސްތަކާއި، އިކުއިޕްމަންޓްތަކާއި، މެމޮރީ ޗިޕްތަކާއި އަދި ފްލެޓް ޕެނަލް ޑިސްޕްލޭތައްވެސް ހިމެނެއެވެ.

މި އިސްތިސްނާތަކަކީ އެޕަލް އަދި އެހެނިހެން ބޮޑެތި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ލިބުނު ބޮޑު ލުޔެކެވެ. މި ކުންފުނިތަކުގެ އުފެއްދުންތައް ޗައިނާގައި އުފައްދާތީ، މި އިސްތިސްނާތަކުން އެ ކުންފުނިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ވެޑްބުޝް ސެކިއުރިޓީޒްގެ ސީނިއަރ އިކުއިޓީ އެނަލިސްޓް ޑެނިއަލް އައިވްސް ވިދާޅުވީ މި އިސްތިސްނާތަކަކީ "ޓެކް އިންވެސްޓަރުންނަށް ލިބުނު އެންމެ ރަނގަޅު ޚަބަރު" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އިސްތިސްނާތަކުން ޓެކް ދާއިރާގެ މައްޗަށް އެޅިފައިވާ "ބޮޑު ކަޅު ވިލާގަނޑެއް" ނެތިގެން ދިޔައީއެވެ.

މި އިސްތިސްނާތައް ނުދީފިނަމަ، "އެމެރިކާގެ ޓެކް އިންޑަސްޓްރީ 10 އަހަރު ފަހަތަށް ޖެހި، އޭއައި ރެވޮލިއުޝަން ވަރަށް ބޮޑަށް ލަސްވެގެން ދިޔައީސް" ކަމަށް އައިވްސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
02 Oct 2026 ދުނިޔެ

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕ...

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި
01 Oct 2026 ދުނިޔެ

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނު...