ގައުމީ ދުވަހާއި ގުޅުވައިގެން "ނިޕޯން ޕެއިންޓް"ގެ ހާއްސަ ޕްރޮމޯޝަންއެއް އެސްޓީއޯ ހުޅުމާލެ ޝޯރޫމްގައި!
މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
އެސްޓީއޯ އިން ބުނީ، 31 އޮގަސްޓުން ފެށިގެން 5 ސެޕްޓެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމް އިން ލިބޭނެ ޚާއްޞަ ފުރުޞަތެއް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ނިޕޯން ޕެއިންޓްތަކުން 10% ގެ ޚާއްޞަ ޑިސްކައުންޓެއް ލިބޭނެކަމަށާއި، ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15% ގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައި ހުންނަ އެސްޓީއޯގެ މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް