އާޒިމާއަށް ޑރ ޖަމީލު ރައްދު ދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ސުޕްރީމް ކޯޓަށް އެކޯޓުން ނިންމާ ނިންމުމެއް އަލުން ރިވިއުކުރުމުގެ ބާރު ލިބިގެން ވާކަމަށާއި އެކަން ގަބޫލުނުކުރާ ނާތަހުޒީބު ޖާހިލުން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ހަބަރަކާއެކު މިއަދު ހެނދުނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މިއީ ދުނިޔޭގެ އެކި ކަނކޮޅުތަކުގައި ކަންކުރަމުން އަންނަ ގޮތެއްކަމުގެ އިތުރުން ޖަމިލުގެ ޓްވީޓްގައި ވިދާޅުވީ ފަހަކަށް އައިސް ސުޕްރީމްކޯޓުން ނިންމަވާފައިވާ ނިންމެވުންތަކަކީ ގާނޫނީ އިމުގެ ތެރެއިން ސުޕްރީމްކޯޓަށް ލިބިފައިވާ ބާރުން ނިންމަވާފައިވާ ނިންމުން ތަކެއްކަމަށެވެ.
އާޒިމާ ޝުކޫރު ވަނީ ކުރީގެ ރައީސް ނަޝީދު ގެ މައްޗައް ކޮއްފައިވާ ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެކަމާ ނުރުހުންފާޅުކުރައްވާފައެވެ. އަދިި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ޒިންމާ ނަގާނީ ކާކު ތޯ އާޒިމާ ސުވާލު އުފެއްދެވިއެވެ.
ކުރީ ރައީސް ނަޝީދު މައްޗައް ޓެރަރިޒަމް ދައުވާކޮށް 2015 ވަނަ އަހަރު 13 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. އެހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލް ކުރީ އެހުކުމް ރިވިއު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް