ޓުވީޓަކުން މިނިސްޓަރ މަހުލޫފްގެ ޕާކިން ޒޯން ބަދަލުކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިމަހުގެ 17 ވަނަ ދުވަހު ސްޕޯޓްސް މިނިސްޓަރު ކަމުގެ ހުވާ ކުރެއް އަހްމަދު މަހުލޫފްގެ ކާރުކޮޅަށް ހާއްސަ ޒޯންއެއް ހެދުމުން އެކަމުގެ ޝަކުވާ އާންމުގެ ފަރާތަކުން ކުރުމުން އެތަން ބަދަލުކުރުމަށް މަހްލޫފް ނިންމަވައިފިއެވެ.
ހައުސިންގ މިނިސްޓަރީން މަހްލޫފް ގެ ކާރު ކޮޅު ޕާކުކުރެެއްވުމަށް ގޭގެ ދޮރުމައްޗައްވާ ގޮތަށް ވަނީ ކުރަހައި ހާއްސަ ޕާކިން އެއްހަދައި ފުލުހުން ކޯން ބަހައްޓާފައިއެވެ. ނަމަވެސް ކުޑަ އިރުކޮޅެއް ފަހުން އާއްމުންގެ މީހަކު މަހުލީފް ޓެގް ކުރައްވައި ކުރި ޓުވީޓުގައި ވަނީ ޕާކުކުރުމަށް އެކަށޭނެ ޖާގަނެތް އިރު މިފަދަ ކަމެއް ކުރުމުން ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އޭގެ ރައްދުގައި މަހުލޫފްވަނީ ހައުސިންގ މިނިސްޓްރީން އޭނާ އަށް ހާއްސަކޮށްފައިވާ ޕާކިން ޒޯން އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް ހައުސިންގ ގައި ރަސްމީކޮށް އެދިވަޑައިގަންވާނެކަން ހާމަކޮށް، މި މައްސަލަ އޭނާގެ ސަމާލުކަމަށް ގެނެސްދިން ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
މިހާތަނަށްވެސް ރާއްޖޭގައި މިނިސްޓަރުންނަށް ވަނީ އެބޭފުޅުންގެ ގެ ކުރިމަތިން އާންމުންގެ ޕާކިން ޒޯންތައް ނެގުމަށް ފަހު ޒޯންތައް ހަދާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް