ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ދޭއްޖަހާއިރުގައެވެ.
އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އެކިފަހަރުމަތިން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ މައްސަލައެއްގައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގެ ތަފްސީލް ފޮނުވުމަށް، ހުރިހާ ބޭންކްތަކަށް އަމުރުކޮށްފައެވެ.
މިއީ އެމަނިކުފާނު ވެރިކަމުގެ ދައުރު ނިމުނުފަހުން ތަހުގީގީ އިދާރާއަކަށް ހާޒިރުކުރެވޭ ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން ޕީޕީއެމްެއިން އަދި ބަހެއް ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް