ދުޢާ ކުރަނީ
ދުޢާ ކުރަނީ
ދީން 19 Feb 2026 | 02:45

ދުޢާ ކުރުމުގައި އެނގުން މުހިންމު ބައެއް އަދަބުތައް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އަޅުގަނޑުމެން ޙަޔާތުގެ ދުވަސްތަކުގެ ތެރެއިން މި ވޭތުވަމުންދަނީ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި އެއް މައްސަރުގެ ދުވަސްތަކެވެ. މި މައްސަރަކީ އަޅުކަމުގެ މައްސަރެވެ. ފާފަފުއްސެވުމާއި މާތް الله ގެ ރުއްސެވުމަށް އެދި ދެންނެވުމުގެ މައްސަރެވެ.

މި މައްސަރަކީ ދުޢާގެ މައްސަރެވެ. ފާއިތުވި ދުވަސްތަކުގައި އެނގިގެންނާއި ނޭނގިނަމަވެސް ކުރެވިފައިވާ ފާފަތައް ފުއްސެވުމަށްއެދި އަހަރެމެންގެ ވެރި ރައްބުގެ އަރިހުގައި ދަންނަވައި، ފާފަތައް ތަކުރާރު ނުކުރެވުމަށާއި، ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމުގެ ހެޔޮ ތަޢުފީގު ދެއްވުންއެދި މާތް الله ގެ ހަޟުރަތުގައި ދަންނަވަންވީ މައްސަރެވެ.

އެހެންކަމުން، މާތް الله ގެ ހަޟުރަތުގައި ކަންކަމަށް ދެންނެވުމުގައި ޢަމަލު ކުރަންވީ ގޮތް، ނުވަތަ ދުޢާ ކުރުގެ އަދަބުތައް އެނގުމަކީ މުހިންމު ކަމެކެވެ. އެ އަދަބުތައް އެނގި، އެއާ އެއްގޮތަށް ދުޢާ ކުރުމަކީ މާތް الله ގެ އިރާދަފުޅުން ދުޢާ އިޖާބަކުރައްވާނޭ ސަބަބެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

އެގޮތުން، ޖަމިއްޔަތުލް ސަލަފުން މި އަހަރު ރަމަޟާން މަހާއި ގުޅިގެން ކުރިއަށް ގެންދާ ”ދުޢާ“ ސީރީޒް ގައި ދުޢާ ކުރުމުގެ އަދަބުތައް އޮޅުންފިލުވައި ދެއްވަމުން، ޝެއިޚް އަހުމަދު ސަމީރު ވަނީ، ޔޫނުސްގެފާނު ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވި ދުޢާގެ މައްޗަށް އަލި އަޅުވާ ލައްވާފައެވެ.

އެ ދުޢާ އަކީ،

لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

މާނައީ: އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.

”މި ދުޢާ މި ހުރި އަސާސްތައް މިއީ އަޅުގަނޑުމެންގެ ދުޢާގައި ހުންނަންޖެހޭ ކަންކަން. އެންމެ ފުރަތަމަ ކަމަކީ މާތް الله ގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ތައުޙީދުގެ އަހުލުވެރިއެއް ކަމުގައިވުން، އަނެއް ކަމަކީ އެކަލާނގެ ހުސްޠާހިރުވަންތަ ކުރުން. އެކަލާނގެއީ އެންމެހާ އުނި ކަމަކުން ހުސްޠާހިރުވަންތަ އިލާހުކަން. އަނެއްކަމަކީ އެ މީހެއްގެ ކުށަށް އިއުތިރާފް ވުން.“

މިއާއެކު ޝެއިޚް ވަނީ ދުޢާ ކުރުމުގެ ބައެއް އަދަބުތަކަށް ކުރުގޮތަކަށް އަލިއަޅުވާލައްވާފައެވެ. އެއީ؛

މާތް الله އަށް އިޚްލާސްތެރިވުންޙަމްދުން ފެށުން އަދި ޞަލަވާތުން ނިންމުން.ދުޢާ ކުރާއިރު ޔަގީން ކަމާއެކު ދުޢާ ކުރުން.ދުޢާ ދަންނަވާއިރު އާދޭސްކޮށް، ތަކުރާރުކޮށް ދެންނެވުންމީހާގެ ހިތް ހާޟިރުކޮށް އިޚްލާސްތެރިކަމާއެކު ދުޢާ ދެންނެވުންމާ އަޑުގަދަކޮށް ދުޢާ ނުކުރުން. އަދި އެއްވެސް ވަރަކަށް، މީހާގެ ނަފްސަށްވެސް ނީވޭ ވަރަށް ނުކުރުން. އޭގެ ބަދަލުގައި މެދު މިނަކަށް އަޑު ބެހެެއްޓުން.ދުޢާ ކުރުމުގެ އިބާރާތްތައް ރީތި ކުރުމުގައި، އެ މީހެއްގެ އަމިއްލަ ނަފްސަށް ތަކުލީފަކަށް ވާ ވަރަށް އެކަން ނުކުރުން.ދުޢާ ކުރުމުގައި މާ ބޮޑަށް ތަފްސީލުތަކަށް ނުދިޔުންޤިބުލައަށް ކުރިމަތިލުންދެއަތް އުފުލުންވުޟޫ ކުރުންމާތްالله ގެ އިސްމުފުޅުތަކުން ދުޢާ ކުރުން

ސަލަފްގެ ރަމަޟާން ސީރީޒްގެ ތެރެއިން ”ދުޢާ“

އިއްޔެގެ ދަރުހުގައި ޝެއިޚް ސަމީރުވަނީ ދުޢާ އިޖާބަ ނުކުރެވޭ ސަބަބުތަކާއި، ދުޢާ އިޖާބަ ކުރެއްވޭ ޙާލަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

އެ ދަރުހުގައި މައިގަނޑުކޮށް އަލިއަޅުވާ ލައްވާފައި ވަނީ ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރެއިން، ދުޢާ ކުރާއިރު މާ ބޮޑަށް ތަފްސީލުކޮށް ދުޢާ ކުރުމުގެ މައްޗަށެވެ.

އެގޮތުން ވިދާޅުވީ، ދުޢާ ކުރުމުގައި މާ ބޮޑަށް ތަފްސީލް ތަކަށް ދިޔުމަކީ ރަސޫލާ ﷺ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. ޝެއިޚް ވަނީ ބައެެއް ޞަޙާބީ ބޭކަލުންގެ އެ ބޭކަލުންގެ ދަރިކަލުން ސުވަރުގެ ދެއްވުން އެދި ދުޢާ ކުރެއްވި އިރު މާ ތަފްސީލުކޮށް ސުވަރުގެއިން ބޭނުންވާ ކަންކަމުގެ ވާހަކަ ހިމަނުއްވައި ދުޢާ ކުރެއްވުމުން އެފަދައިން ކަން ނުކުރެއްވުމަށް ރަސޫލާ ﷺ އަންގަވާފައިވާ ކަމަށް ވިދާޅުވެ ނަޞޭޙަތްތެރިވެވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ.

އަދި ދުޢާ ކުރަންވީ ނަރަކައިން މިންޖު ކުރައްވައި ސުވަރުގެ ދެއްވުން އެދި ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޝެއިޚް އިސްމާއީލް އަކީ ރާއްޖޭގައި ދީނީ ޢިލްމުވެރީން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ: ޝެއިޚް ސަމީރު
21 Jun 2026 ހަބަރު

ޝެއިޚް އިސްމާއީލް އަކީ ރާއްޖޭގައި ދީނީ ޢިލްމުވެރީން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ: ޝެއިޚް ސަމީރު

ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދަކީ ދިވެހިރާއްޖޭގައި ދީނީ ގިނަ ޢިލްމުވެރިންތަކެއް އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ ކަމުގައި ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޝައިޚ...

ޝެއިޚް ސަމީރު ކިޔައިދެއްވީ އެކްސިޑެންޓްވި ވަގުތު ފުލުހުން މުޢާމަލާތް ކުރެއްވި ގޮތުން ލިބުނު ހިތްހަމަޖެހުން
03 Jun 2026 ހަބަރު

ޝެއިޚް ސަމީރު ކިޔައިދެއްވީ އެކްސިޑެންޓްވި ވަގުތު ފުލުހުން މުޢާމަލާތް ކުރެއްވި ގޮތުން ލިބުނު ހިތްހަމަޖެހުން

މަގުމަތީގައި ހިނގި އެކްސިޑެންޓްއަކާ ގުޅިގެން ފުލުހުން މުޢާމަލާތްކުރި ގޮތުން، އެވަގުތު ތަޙައްމަލުކުރަންޖެހިވަޑައިގެންނެވި ނަފްސާނީ ނުތަނަވަސްކަމަށް ބޮޑު ލުޔެއް ލިބިގެންދިޔަ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއ...

އިސްލާމްދީނަކީ ހިތުގައި އޮންނައެއްޗެކޭ ބުނާ މީހާ، އިސްލާމީ ޝިޢާރެއް ފާޅުމުވުން ހިތުގައި ޖެހެނީ ކީއްވެ؟: ޝެއިޚް ސަމީރު
07 Dec 2025 ހަބަރު

އިސްލާމްދީނަކީ ހިތުގައި އޮންނައެއްޗެކޭ ބުނާ މީހާ، އިސްލާމީ ޝިޢާރެއް ފާޅުމުވުން ހިތުގައި ޖެހެނީ ކީއްވެ؟: ޝެއިޚް ސަމީރު

އިސްލާމްދީނަކީ ހިތުގައި އޮންނަ އެއްޗެއް ކަމަށް ޤަބޫލުކުރާ މީހާ، އެ ދީނުގެ ޝިޢާރެއް ފާޅުވުމުން ހިތުގައި ޖެހެންވީ ކީއްވެކަމާމެދު، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު ސުވާލު އ...

ޝެއިހް ސަމީރުގެ ވަރަށް ޚާއްސަ ދެ ދަރުހެއް މިރެއާ މާދަމާ ރޭ
11 Jul 2025 ހަބަރު

ޝެއިހް ސަމީރުގެ ވަރަށް ޚާއްސަ ދެ ދަރުހެއް މިރެއާ މާދަމާ ރޭ

ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިހް އަހްމަދު ސަމީރުގެ ވަރަށް ޚާއްސަ ދެ ދަރުހެއް މިރެއާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މިރޭގެ ދަރުސް އޮންނާނީ...

ސަލަފުގެ ނާއިބު ރައީސް ވިދާޅުވެ ދެއްވީ އިލްމުވެރީންނާމެދު އެ ޖަމިއްޔާގެ އޮތް ތަސައްވުރު
02 May 2025 ހަބަރު

ސަލަފުގެ ނާއިބު ރައީސް ވިދާޅުވެ ދެއްވީ އިލްމުވެރީންނާމެދު އެ ޖަމިއްޔާގެ އޮތް ތަސައްވުރު

ޖަމިއްޔަތުއް ސަލަފުން އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރީންނާމެދު ޚާއްސަ ތަސައްވުރެއް ގެންގުޅޭ ކަމަށް ވިދާޅުވެ އެ ތަސައްވުރު ޖަމިއްޔާގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް ހާމަ ކުރައ...

އެންމެ އިންތިޒާރު ކުރަނީ ވަޤުފާ ބެހޭ ޤާނޫނެއް ވުޖޫދުވާނެ ދުވަހަކަށް، މިހާރުވެސް ލަސްވެެއްޖެ: ޝެއިހް ސަމީރު
01 May 2025 ހަބަރު

އެންމެ އިންތިޒާރު ކުރަނީ ވަޤުފާ ބެހޭ ޤާނޫނެއް ވުޖޫދުވާނެ ދުވަހަކަށް، މިހާރުވެސް ލަސްވެެއްޖެ: ޝެއިހް ސަމީރު

ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވަޤުފާ ބެހޭ ޤާނޫނެއް ވަރަށް މުހިންމު ކަމަށާ އެފަދަ ޤާނޫނެއް ހެދުން މިހާރު ވެސް ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށް ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި ...