ޝެއިހް ސަމީރުގެ ވަރަށް ޚާއްސަ ދެ ދަރުހެއް މިރެއާ މާދަމާ ރޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިހް އަހްމަދު ސަމީރުގެ ވަރަށް ޚާއްސަ ދެ ދަރުހެއް މިރެއާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މިރޭގެ ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ދަރުސްގެ މައުލޫއަކީ “ނިކަމެތިކަމުގެ ފިޔަ” އެވެ. ތަރުބިއްޔަތާއި މައިންބަފައިންނާ ގުޅޭގޮތުން ޝެއިހް ދެއްވާ މި ދަރުސް އިންތިޒާމް ކުރަނީ ހެޔޮބިންގާ އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ، ދާރިސް ޓީވީ އަދި ޖަމިއްޔަތުއްސަލަފް ގުޅިގެން ނެވެ.
ދެވަނަ ދަރުހައަކީ، ޖުވާއާއި ގުޅޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުމަށް، ޖަމިއްޔަތުލް ބުންޔާން އިން ކުރިއަށްގެންދާ ކެމްޕެއިންގެ ތެރެއިން، އެ ޖަމިއްޔާއިން، ޖަމިއްޔަތުއްސަލަފާ ގުޅިގެން އިންތިޒާމްކުރާ ދަރުހެކެވެ. މިދަރުސް އޮންނާނީ، މާދަމާ ރޭ މަޣްރިބް ނަމާދަށް ފަހު، މަސްޖިދުލް ފުރުގާނުގަ އެވެ.
މި ދެ ދަރުސްވެސް ދާރިސް ޓީވީން ވަގުތުން ގެނެސްދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް