ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް
ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް
ހަބަރު 02 May 2025 | 14:20

ސަލަފުގެ ނާއިބު ރައީސް ވިދާޅުވެ ދެއްވީ އިލްމުވެރީންނާމެދު އެ ޖަމިއްޔާގެ އޮތް ތަސައްވުރު

ޖަމިއްޔަތުއް ސަލަފުން އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރީންނާމެދު ޚާއްސަ ތަސައްވުރެއް ގެންގުޅޭ ކަމަށް ވިދާޅުވެ އެ ތަސައްވުރު ޖަމިއްޔާގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް ހާމަ ކުރައްވައިފި އެވެ.

ޝެެއިހް ސަމީރު އެކަން ހާމަކުރެއްވީ އިއްޔެ ފެށި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތުގަ އެވެ. ޝެއިހް ސަމީރަކީ ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސްވެސް މެ އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ޖަމިއްޔާތަކާ ބެހޭ ގަވާއިދުގައި ދީނީ ޖަމިއްޔާގެ ތަސައްވުރެއް ނެތް ކަމަށެވެ. އެ ގޮތުން ޖަމިއްޔާތަކުން ވަޤުފުގެ ބޮޑެތި މަޝްރޫއުތައް ހިންގުންފަދަ ކަންކަން ކުރުމުގެ ތަސައްވުރު ނެތް ކަން ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެފަދަ މަޝްރޫއުތައް ހިންގޭނެ ގޮތަށް ޖަމިއްޔަތުއް ސަލަފުގެ ހިންގާ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސް ކަމާބެހޭ އިދާރާއަށް ހުށައަޅާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތު

ޝެއިހް ވިދާޅުވީ މާތްﷲގެ ހެޔޮ ރަހްމަތާއެކު ޖަމިއްޔަތުއް ސަލަފުގައި މިއަދު ވަރަށް ގިނަ ވަސީލަތްތައް ޤާއިމު ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުންކޮށް އަންނަން އޮތް ޖީލުތަކަށްޓަކާ ތަރުތީބުވެގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ޢިލްމުވެރީންނަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ކުރުމަށް ފަހު ދެން ލިބޭ ވަގުތުތަކުގައި ދަރުހެއް ދިނުމުން އެ މީހުންގެ ދައުރު ނިމޭ ގޮތަށް އޮތް ބައެއް ނޫންކަން ފާހަގަ ކުރައްވާ ޝެއިހް ވިދާޅުވީ އިލްމުވެރީން ބާރުވެރިވާން ޖެހޭ ކަމަށެވެ. އަދި ސަލަފުގެ ޢިލްމުވެރީންނަކީ ލިބޭ ވަގުތެއްގައި އެ ޖަމިއްޔާއަށް ޚިދުމަތް ކުރާ ބަޔަކަށް ވުމަކީ ޖަމިއްޔާގެ ތަސައްވުރު ނޫން ކަމަށެވެ. އެއަށް ވުރެ މާފުޅާ މާ ތަނަވަސް ތަސައްވުރެއް ޖަމިއްޔަތުއް ސަލަފުގެ އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ އިލްމުވެރީން ބާރުވެރިވާން ޖެހޭ ކަމަށް. ހަގީގަތުގައި އަޅުގަނޑުމެންގެ ތަސައްވުރަކީ އެބާރުވެރިކަމުގެ ތެރެއިން ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ސަރުކާރުގެ އެކިއެކި ސުކޫލުތަކަށް ކޮންމެ ދުވަހަކު ހެނދުނު ޓައީ އަޅައިގެން އޮފީހަށް ނިކުންނަ ފަދައިން ޖަމިއްޔަތުއް ސަލަފަށް ހުސްވެގެން އިލްމުވެރީން އޮފީހަށް ނިކުންނާނެ ދުވަހެއް. އެއީ އަޅުގަނޑުމެންގެ އުންމީދު. އޭނާގެ ހުރިހާ މަސައްކަތެއް ހުސްކުރާނީ ޖަމިއްޔަތުއް ސަލަފަށް. އޭނަގެ އޮފީހަކީ ޖަމިއްޔަތުއް ސަލަފު,"

ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް

އެ އަމާޒަށް ވާސިލުވުމަށް އެ ޖަމިއްޔާ އިން ވަރަށް މުހިންމު ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ޚާއްސަކޮށް މާލީ ގޮތުން ފުއްދުންތެރި ޖަމިއްޔާއަކަށް ވުމަށް ކުރަމުންދާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.

އަދި އިލްމު ފެތުރުން އިތުރުކުރުމާއި ހަރުދަނާ މުޖްތަމައުއެއް ބިނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އެކަމަށްޓަކައި ވަމުންދާ ތައްޔާރީތައް ވިދާޅުވެ ދެއްވި އެވެ. އެ ގޮތުން މާލޭގައި އިމާރާތެއް ކުރުމާއި އެފަދަ އިތުރު މަޝްރޫއުއެއް ވަރަށް އަވަހަށް ފެށުމާއި ހުޅުމާލޭގައި ސުކޫލެއް ބިނާކުރުން ފަދަ މަޝްރޫއުތައް ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑުމެންނަށް ފެނުނީ އިލްމުވެރީން ބާރުވެރިވާން ޖެހޭ ކަމަށް. ހަގީގަތުގައި އަޅުގަނޑުމެންގެ ތަސައްވުރަކީ އެބާރުވެރިކަމުގެ ތެރެއިން ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ސަރުކާރުގެ އެކިއެކި ސުކޫލުތަކަށް ކޮންމެ ދުވަހަކު ހެނދުނު ޓައީ އަޅައިގެން އޮފީހަށް ނިކުންނަ ފަދައިން ޖަމިއްޔަތުއް ސަލަފަށް ހުސްވެގެން އިލްމުވެރީން އޮފީހަށް ނިކުންނާނެ ދުވަހެއް. އެއީ އަޅުގަނޑުމެންގެ އުންމީދު. އޭނާގެ ހުރިހާ މަސައްކަތެއް ހުސްކުރާނީ ޖަމިއްޔަތުއް ސަލަފަށް. އޭނަގެ އޮފީހަކީ ޖަމިއްޔަތުއް ސަލަފު

އައްޝައިޚް އަހްމަދު ސަމީރު އިބްރާހިމް | ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް

ޝެއިހް ވިދާޅުވީ ޖަމިއްޔަތުއް ސަލަފަކީ ތަރުތީބުވެ ހަރުދަނާ އުސޫލެއްގެ ދަށުން ހިންގާ ޖަމިއްޔާއެއް ކަމަށެވެ. އެ ޖަމިއްޔާ ހިންގަމުން ދަނީ އިލްމުވެރީންގެ މަޖިލީހާއި އެ މަޖިލީހުގެ ދަށުން ހަރަކާތްތެރިވާ ދުވާތުންގެ މަޖިލީހަކާއި މަޝްވަރާ މަޖިލީހެއްގެ އިތުރުން ހަރަކާތްތެރި މެންބަރުންގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

"މިއަދު ޖަމިއްޔަތުއް ސަލަފުގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތިމަންނާއަކީ ޖަމިއްޔަތުއް ސަލަފުގެ ކޮން މަގާމެއްގައި ކޮން ހައިސިއްޔަތަކުން ހުންނަވާ ކޮން ޒިންމާއެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއްކަން. ޖަމިއްޔަތުއް ސަލަފުގެ މީހާ, ޖަމިއްޔަތުއް ސަލަފުގެ މީހާއަށް އަމިއްލައަށް އެނގޭނެ,"

ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމުގެ ރަސްމިއްޔާތު

ޖަމިއްޔާގެ މައިގަނޑު ތަސައްވުރަކީ ބޭނުންޖެހޭ ހާލަތްތަކުގައި އިލްމުވެރިންނަށް އެހީތެރިވެދެއްވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުވެ ތަރުތީބުވެފައި އޮތުމާއި ޝާމިލްވާނެ ފަދަ އެހީގެ ނިޒާމެއް ގާއިމު ކުރުން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދިވެހިރާއްޖޭގެ ދައުވަތުގެ ހުންގާނު ޖަމިއްޔަތުއް ސަލަފުގެ އަތުގައި އޮތްއިރު މިހާރަށް ވުރެ މާފުޅާކޮށް އެ ޖަމިއްޔާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ އަމާޒު ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.