މަޑިދަށުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކުރަން އަމުރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމަރުކޮށްފިއެވެ.
މި މައްސަަލާގައި ކްރިމިނަލް ކޯޓުގެ އަމުރެއް ނެރެފައިވަނީ ބަނގުލަދޭޝަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ މީހެއްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ބުނެފައިވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ސައިކަލު މަޑިދަށުގައި ހުރި 442,750 ރުފިޔާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް މި ތުހުމަތަށް އޭ މީހާ ވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ.
މި މައްސަލައާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް