ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަނީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ، ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ޝަމީމް ސިޓީއެއް ފޮނުއްވުމުންނެވެ.
ޕީޖީ އޮފީހުން އިސްވެ އެފަދަ ފުރުސަތަކަށް އެދުމުން ކޮމިޓީގެ މެންބަރުން ވަނީ މަރުހަބާ ދަންނަވާ، އެފުރުސަތު ދެއްވުމަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
މީގެ އިތުރުން، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން ގެ މެމްބަރުން ވެސް ކޮމިޓީ އަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް