ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 21 Sep 2024 | 08:50

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓްލުން ފަށައިފިއެވެ.

މިއީ ސްރީލަންކާގެ އިޤްތިޞާދު ފުނޑުފުނޑުވެ، އޭގެ ސަބަބުން އާންމު ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރުމުން އޭރުގެ ރައީސް ގޮޓަބާޔާ ރާޖަޕަކްސާ ޤައުމުން ފިލައިގެން ދިޔުމަށްފަހު ބޭއްވޭ ފުރަތަމަ އިންތިޚާބެވެ.

ޖުމްލަ 38 ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ އެގައުމުގެ ގަޑިން ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ގައި އެވެ.

ގޮޓަބާޔާގެ ފަހުން ރައީސްކަމާ ހަވާލުވި ރަނިލް ވިކްރަމަސިން ވެސް މި އިންތިހާބުގައި ވާދަކުރައްވާއިރު، އައި.އެމް.އެފްގެ އެހީތެރިކަމާއެކު އިގްތިޞާދު ހަރުދަނާކުރުމަށް އަޅުއްވަމުންގެންދާ ޓެކްސް ބޮޑުކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ވިކްރަމަސިންހައަށް އޮތް ތާއީދު ވަނީ ގެއްލިފައިވާތީ، އޭނާ އަށް މި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރަނިލް ވިކްރަމަސިންގެ އިތުރުން، މި އިންތިހާބުގައި ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ގެ ލީޑަރު އަނުރާ ކުމާރާ ދިސަނާޔަކޭ އާއި  1993 ގައި ހިނގި ހަނގުރާމައިގައި އަވަހާރަކޮށްލި ކުރީގެ ރައީސެއްގެ ދަރިއެއް ކަމަށްވާ ސަޖިތު ޕްރެމަދާސާ ވެސް ވާދަކުރައްވައެވެ.

ގާތްގަނޑަކަށް 17 މިލިއަން ސްރީލަންކާ މީހުންނަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، އެމީހުން ވޯޓު ކަރުދާހުގައި ތިން ކެންޑިޑޭޓަކު އިސްކަންދޭ ތަރުތީބުން ރޭންކް ކުރާނެއެވެ.

އިންތިހާބުގެ ވޯޓުލުން މެންދުރުފަހު 4:00 ގައި ނިމޭއިރު، އޭގެ ފަހުނ ގާތްގަނޑަކަށް 3 ގަޑިއިރާއި 30 މިނެޓު ފަހުން ވޯޓު ގުނަން ފެށޭނެ ކަމަށް ބެލެވެއެވެ. އަދި އިންތިހާބުގެ ނަތީޖާ އިޢުލާނުކުރެވޭނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި
07 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ. ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި...

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
03 Oct 2026 ދުނިޔެ

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
01 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި
29 Sep 2026 ދުނިޔެ

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި

އިންޑިއާއިން ސްރީލަންކާއަށް ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ އަށް ފަރުވާކުރާ ބޭސް ފޮނުވައި، އެ ގައުމުގެ އާންމު ސިއްހީ ނިޒާމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަލުން ދީފިއެވެ. އިންޑިއާގެ އެކ...