ޝައިޚް އިމްރާންގެ ޖަލުހުކުމް ބާތިލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޓެރަރިޒަމްގެ ކުށް ސާބިތުވެ، ބާރަ އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި އަދާާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ހޯމް މިނިސްޓަރ ޝައިޚް އިމްރާންގެ މައްޗަށް މި މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވަނީ މިއަދު ހަވީރުއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓު އަދި ހައިކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާ އާއި އުފެދިފައިވާ ހިލާފުތަކަށް ފުރިހަމަ އަށް ރިއާޔަތް ކުރެވިގެން ނޫން ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ދެކޯޓުންވެސް ކުރި ހުކުމްގައި މައްސަލަތަކެއް ހުރިކަމަށް ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މި ހުކުމާއި އެކު، ހޯމް މިނިސްޓަރ ކަމުގެ މަގާމު ޝައިހް އިމްރާން އަދާކުރެއްވުމަށް އެއްވެސް ގާާނޫނީ ހުރަހެއް ނެތްކަމަށް، ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް