ލ. ހިތަދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް
ލ. ހިތަދޫގައި ސަރުކާރުން ގާއިމްކުރާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާކަމަށް އާރްޑީސީއިން ހާމަކޮށްފިއެވެ.
މި މަސައްކަތުގެ އަދާހަމަ އެ ކުންފުނިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އާރްޑީސީއިން ބުނާ ގޮތުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ. ހިތަދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދަނީ ރޫފް ބީމް ޝަޓަރިންގ ގެ މަސައްކަތެވެ.
އްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން ހިތަދޫގައި ފުލުހުންގެ މަރުކަޒު އެޅުމުގެ އަމަލި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު، ހިތަދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް