އަޔަރލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ-- ފޮޓޯ: އޭއެފްޕީ
އަޔަރލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ 21 Mar 2024 | 05:41

އަޔަރލޭންޑްގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ވަރަޑްކާ މިކަމާއި ގުޅިގެން ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމި ނިންމުމުގެ ފަހަތުގައި ސިޔާސީ އަދި ޒާތީ ސަބަބު ތަކެއް ވެސް އެބަހުރި ކަމަށެވެ.

ވަރަޑްކާ ވަނީ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގެ އިތުރުން، އޭނާ ނިސްބަތްވާ ޕާޓީ، ފައިން ގޭލް ޕާޓީ ގެ ރައީސް ކަމުގެ މަގާމުން ވެސް ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.

މިއާއިއެކު ވަރަޑްކާގެ ޕާޓީން ބުރާސްފަތި ދުވަހު އާ ލީޑަރެއް ހޮވުމަށް އިއުލާން ކުރާއިރު، އަންނަ މަހުގެ 5 ވަނަ ދުވަހު ރަސްމީކޮށް އެ ޕާޓީގެ ލީޑަރު ތައާރަފްކުރެވިގެން ދާނެ އެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމާއި ދެން ހަވާލުވާނެ މީހަކާއި މެދު އަޔަލޭންޑް ގެ މަޖިލީހުން ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.

އަޔަލޭންޑް ގެ އިންތިހާބު ކައިރިވެފައި އޮއްވާ މަގާމުން އިސްތިއުފާ ދެއްވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެއީ ހަޔާތުގައި އައި އެންމެ ފުރިހަމަ ވަގުތުތައް ކަން ފާހަގަކުރައްވާ ވަރަޑްކާ ވިދާޅުވީ، އޭނާގެ ޕާޓީން ކުރިއަށް އޮތް އިންތިހާބުގައި ތަފާތު ލީޑަރެއްގެ ދަށުން މާ ފުރިހަމަ ނަތީޖާ ތަކެއް ނެރެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިހާރު އުމުރުފުޅުން 45 އަހަރު ފުރިފައިވާ، ވަރަޑްކާ އަކީ އަޔަލޭންޑް ގެ ބޮޑުވަޒީރުކަން ކުރި އެންމެ ހަގު ބޭފުޅާއެވެ. އޭނާ ވަނީ އެ 2017 އިން 2020 އަދި އޭގެ ފަހުން 2022 ވަނަ އަހަރުގެ ފަހު ކޮޅާއި ހަމައަށް އެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް އިންޑިއާ މަންމަ އަކާއި އަޔަލޭންޑް ބައްޕަ އަށް ލިބިފައި ހުރި ވަރަޑްކާ އަކީ އެގައުމުގެ ފުރަތަމަ ބައިރޭޝިއަލް ބޮޑުވަޒީރުކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.