ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ ދެ މީހުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
އެގޮތުން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، 61 އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67، އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުގައި އުނގޫފާރުން ދެމީހުން ހައްޔަރު ކުރި އިރު، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ހދ. ކުޅުދުއްފުށީގައިވެސް ސިހުރުގެ މައްސަލާގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފަ އެވެ.
އެ އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދި އެވެ.
ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް