މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަށް މެންބަރުން އިންތިހާބުކޮށްފިއެވެ. މެންބަރުން އިންތިހާބުކޮށްފައިވަނީ މިއަދު ހޯމް މިނިސްޓްރީގައި ކުރިއަށް ދިޔަ ވޯޓުލުމުގައެވެ. މިއީ ރާއްޖޭގެ ހުރިހާ މީޑިއާއަކުން ވޯޓު ލެވޭގޮތައް ކުރިއަށް ގެންގޮސްފައިވާ އިންތިހާބެކެވެ.
މި އިންތިހާބުގައި 95 މީޑިއާއަކުން ވޯޓު ލާފައިވެއެވެ.
މިއަދު އެމްއެމްއެސްއަށް އިންތިހާބުކޮށްފައިވަނީ މީޑިއާއަށް ނިސްބަތްވެވަޑައިގަންނަވާ ހަތް މެންބަރުންނާއި އާއްމުންގެ ހަތް މެންބަރުންނެވެ.
މީޑިއާގެ ފަރާތުން އިންތިހާބު ކާމިޔާބުކުރެއްވި ފަރާތްތަކަކީ:
1. ސަން މީޑިއާ ގުރޫޕްގެ އަހުމަދު އާޒިފް
2. ވީމީޑިއާގެ ޝިފްޒާ މުސްތަފާ
3. ޕީއެސްއެމްގެ އަހުމަދު ޖަދުވާން
4. ދުވަސް އޮންލައިންގެ އަޒްމީ އަލީ
5. ހަފްތާ އޮންލައިންގެ ހިދާޔަތުﷲ
6. ދިއިސްލާމްގެ އަލީ އަހްސަން
7. ފެންވަރު އޮންލައިންގެ އަލީ ރިޝްފާން
އާންމުންގެ ފަރާތުން އިންތިހާބު ވެފައިވަނީ:
1. އަބްދުލްލަތީފް އަހުމަދް
2. ހިސާން ހަސަން
3. އަހުމަދު އަމީން މުހައްމަދާ
4. ފާތުމަތު ސައުޒަން ހުސެއިން
5. އާތިފް އަބްދުލް ހަކީމް
6. ރިފްއަތު ރަޝީދް
7. ޝީރީން ނާހިދާ ލަތީފް
މިއަދު ކުރިއަށްދިޔަ ވޯޓް ހިނގަމުންދިޔަގޮތް ވަނީ ހޯމް މިނިސްޓަރ އިމްރާން ބައްލަވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް