ެރެސްޓޯރެންޓެއްގެ ގްރީސް ހޮޅިތެރެއިން ދެދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާގެ ރެސްޓޯރެންޓެއްގެ ގްރީސް ހޮޅީގައި ތާށިވެފައި ހުއްޓާ ދެދުވަސްފަހުން މީހަކު ސަލާމަތްކޮށްފިއެވެ.
މިހާދިސާ ހިނގާފައިވަނީ އެމެރިކާ ކެލިފޯނިޔާ ޝަހަރުގައެވެ.
މި މީހާ ގްރީސް ހޮޅީގައި ތާށިވެފައި ކިހިނެއްކަން އަދި ޔަގީންވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި މީހާއަކީ އެތަނުން ވައްކަން ކުރަން ނުވަތަ އެތަނަށް ގެއްލުން ދިނުމަށް ވަންނަން އުޅުނު މީހެކެވެ.
ޗައިނީޒް ފުޑް ފޯރުކޮށްދޭ މި ރެސްޓޯރެންޓުގެ ގްރީސް ހޮޅިން އަޑެއް އިވެމުންދިޔުމުގެ ސަބަބުން ފުލުހުންނާއި ފަޔަރ ފައިޓަރުން އައިސް އެތަން ބެލިއިރު، އެމީހާ ވަނީ ފެނިފައެވެ. އެމީހާ ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ގައިން ވަރުދެރަވެފައެވެ.
މި މީހާ އެ ގްރީސް ހޮޅިން ނެރެވުނީ ގަޑިއިރެއްހާއިރުގެ މަސައްކަތުންނެވެ. މިހާރު އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް