ޑރ.ޖަމީލްވެސް ރިޔާސީ ކޮމިޝަންތަކާއި މެދު ހިތްހަމަނުޖެހޭ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަރުގެ މައްސަލަތަކާއި ޚިޔާނާތުގެ މައްސަލަތައް ބަލަން އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލާއި މެދު ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުވެސް ކަންބޮޑުވުން ފާާޅުކުރައްވައިފިއެވެ.
ޑރ.ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަންތައް ހިންގާފައިވާ ފަރާތްތައް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެވެންވާނެ ކަމަށެވެ. ނަމަވެސް މިކަން ކުރާއިރު ގާނޫނު އަސާސީން ފުލުހުންނާއި ޕީޖީއަށް ލިބިފައިވާ ބާރުތަކަށް ހުރަސްއެޅޭނެފަދަ ގޮތަކަށް މިބިލް ފާސްނުކުރެވޭނެކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.
އަދި މި ބިލުން ގާނޫނީ ކަންކަމަށް ތައާރުޒުވާކަމަށްބުނެ ކުރެވެމުންދާ ބަހުސްތަކަކީ ސައްޚަ ބަހުސްތަކެއްކަމުގައިވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދުވެސް ވަނީ މި ބިލްގައި ހުރި ގާނޫނީ މައްސަލަތައް ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް