ސިޔާމްގެ ހަރަދުގައި ކުޑަފަރީގައި ހިރިހަލު ވަޑާމުގެ މަސައްކަތް ފެންނަ ރީތި މިސްކިތެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ހުޅުވައިފި އެވެ.
މިއީ 150 މީހުންގެ ޖާގައިގެ ވަރަށް ރީތި މިސްކިތެކެވެ.
އެގޮތުން މި މިސްކިތް ބިނާކޮށްފައިވަނީ ދިވެހީންގެ ގަދީމީ ތާރީހާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެނެވެ.

މިސްކިތް ހުޅުވައިދެއްވީ ސިޔާމް އެވެ. އަދި ފުރަތަމަ ނަމާދު އިމާމުވެ ކުރެއްވީވެސް އޭނާ އެވެ.
"މަސްޖިދު މުޙަންމަދު ޤާސިމް" އަކީ ސިޔާމްގެ ބައްޕަގެ ހަނދާނުގައި އޭނާ ބިނާކުރި މިސްކިތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް