ދަގަނޑު ކާ އަންހެނާގެ ބަނޑުން ގަހަނާ ނަގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާގެ އަންހެނެއްގެ ބަނޑުން ގިނަ އަދަދެއްގެ ގަހަނާ ނަގައިފިއެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އަހުމަދުއާބާދުގެ ޑޮކްޓަރުންގެ ޓީމަކުން މި އަންހެންމީހާގެ މައްޗަށް އޮޕަރޭޝަން ކުރިއިރު، ބަނޑުން ވަނީ ގިނަ އަދަދެއްގެ ދަގަނޑުގެ ބާވަތްތަކާއި ގަހަނާ ނަގައިފައެެވެ.
މި މީހާ ބަނޑުގަައި ގަހަނާ ހުރިކަން އެނގުނީ ބަނޑުގައި ތަންކޮޅެއް ދުޅަވެފައި ހުރުމުން ޑޮކްޓަރަށް ދެއްކުމުން، ހެދި ސްކޭނަކުންނެވެ. ޑޮކްޓަރުން ބުނި ގޮތުގައި މި މީހާގެ ފުއްޕާމެޔާއި ބަނޑުގައި ވަނީ ގިނަ އަދަދެއްގެ ދަގަނޑު ތާށިވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ގޮސްފައެވެ.
މި އަންހެންމީހާ ދަގަނޑު ފަދަ ހަޖަމްކުރަން ދަތި ބާވަތްތައް ކައިހަދަނީ ސިއްހީ ގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން އެތަކެތި މީރުވުމުން ކަމަށްވެއެެވެ.
މި މީހާއަށް އޮޕަރޭޝަނަށްފަހު ދަނީ ފަރުވާދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް