N/A
N/A
ހަބަރު 25 Nov 2018 | 03:00

ސިޓީ އަދި ލިވަޕޫލް ރިކޯޑް ދެމެހެއްޓިއިރު ޔުނައިޓެޑް އެއްވަރުވެއްޖެ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވެ ލީގުގައި ބަލިނުވެ ހިފަހައްޓަމުން އަންނަ ރިކޯޑް ދެމެހެއްޓިއިރު މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

މެންޗެސްޓާ ސިޓީ އަދި ވެސްޓް ހަމް

ސިޓީ މޮޅުވީ ރަށުން ބޭރުގައި ވެސްޓް ހަމް އަތުން 4-0 ގެ ނަތީޖާއަކުންނެވެ. ސިޓީއިން ނުވަ ހަމަލާއެއް ވެސްޓް ހަމް ގޯލަށް ފޮނުވާލިއިރު އޭގެ ތެރެއިން ހަތަރު ހަމަލާއެއްވަނީ ކާމިޔާބު ލަނޑުތަކަށް ބަދަލު ކޮށްލާފައެވެ. މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާނޭ (ދެ ލަނޑު)، ޑާވިޑް ސިލްވާ އަދި ރަހީމް ސްޓާލިންގްއެވެ.

ވެސްޓް ހަމްވެސް ވަނީ މެޗުގައި ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އަރްނާޓޮވިޗް އަދި މިޝައިން އެންޓޯނިއޯ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލު ދަނޑިއަށެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ މެޗުން މޮޅުވީ ސިޓީ ނަސީބު ގަދަ ކަމުން ކަމަށެވެ. އޭނާ ދެކެން ބޭނުންވާ މޮޅު ކުޅުން މެޗުގައި ސިޓީގެ ފަރާތުން ފެނިފައި ނުވާކަމަށެވެ.

އިންޓަނޭޝަނަލް ބްރޭކްއަށްފަހު ރެއާލް މެޑްރިޑް، ބަޔާން މިއުނިކް އަދި ޔުނައިޓެޑް ކަހަލަ ބޮޑެތި ޓީމްތަކުން ނެރުނު ނަތީޖާއައި އަޅާ ބަލާއިރު ސިޓީއިން ނެރުނު ނަތީޖާ ރަނގަޅުކަންވެސް ގާޑިއޯލާވަނީ ފާހަގަ ކޮށްފައެވެ.

ލިވަޕޫލް އަދި ވޮޓްފޯޑް

ލިވަޕޫލް ކުޅުނު މެޗު އެޓީމް ކާމިޔާބު ކުރީ 3-0 ކުން ވޮޓްފޯޑް ބަލިކޮށެވެ.

ރަނގަޅު ފޯމަކަށް އެޅިފައިވާ މިސްރުގެ ތަރި ސަލާހް، އެލްސެންޑާ އާނޯލްޑް، އަދި ފިރްމީނޯ ލިވަޕޫލްގެ ލަނޑުތައް ޖަހައިދިންއިރު ހެންޑަސަންއަށްވަނީ ދެ ރީނދޫ ކާޑް ހަމަވުމުގެ ސަބަބުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ލީގުގައި މިހާތަނަށް 13 މެޗު ކުޅެ 33 ޕޮއިންޓް ލިވަޕޫލަށް ލިބިފައިވާ އިރު މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައިވެސް އެޓީމް އެންމެ ރަނގަޅަށް އެޓީމް ފަށައިގައިން ސީޒަންކަން ފާހަގަކޮށްލަން ޖެހެއެވެ. ލީގުގައި މިހާތަނަށް ލިވަޕޫލްކޮޅަށް ވަދެފައިވަނީ އެންމެ ފަސް ލަނޑެވެ. މިއީވެސް ކްލަބް ރިކޯޑްކެވެ.

ލިވަޕޫލް ކުރިއަށް އޮތް މެޗުގައި ޗެންޕުއަންސް ލީގުގައި ބައްދަލުކުރާނީ ފްރާންސްގެ ގަދަ ބާރެއް ކަމުގައިވާ ޕީއެސްޖީއާއެވެ. މިމަހުގެ 29 ގައި ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖެގަޑިން ދަންވަރު 01:00 ގައެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލަސް

މެންޗެސްޓާ ޔުނައިޓެޑް އަދި ރެލިގޭޝަން ޒޯނުގެ ތުންފަތްމަތީގައި އޮތް ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ކުން އެއްވަރު ވެގެންނެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އަދައިގެ ކުޅުމެއް ޔުނައިޓެޑްގެ ފަރާތުން ފެނުނު މިމެޗުގައި ޕެލަސްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މި ސީޒަނުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު ޖުމްލަ ނުވަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕެލަސްގެ ކޯޗް ހޮޑްސަންބުނީ ޕެލަސް މިފަހުން ކުޅެފައިވަނީ މުޅިންވެސް ވަރުގަދަ ޓީމްތަކައި ދެކޮޅަށް ކަމަށައި ނެރެވުނު ނަތީޖާތަކާ މެދު ހިތްހަމަ ޖެހޭ ކަމުގައެވެ. ޓީމް ދައްކަމުން އަންނަ ކުޅުމައި ދޭތެރޭ ފަހުރުވެރިވާ ކަމަށްވެސް އޭނަ ފާހަގަކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ކްލަބުގެ ކުޅުންތެރިންނަށް ވަރަށް ފާޅުގަ ފާޑު ކިޔަމުން އަންނަ ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނީ ކުޅެންޖެހޭނީ ސިކުނޑިން ވިސްނައިގެން އަދި ހިތުން ގަޔާވެސް ވެގެން ކަމަށެވެ. ނަމަވެސް ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ގަޔާވެގެން ކުޅުނު މަންޒަރު މެޗުގައި ފެނިގެން ގޮސްފައިނުވާ ކަމަށެވެ.

މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި އަހަރު ނިމުމުގެ ކުރިން ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރޭނެކަމުގެ އުންމީދު އޮތް ކަމަށް ބުނި މޮރީނިއޯއަށް ދަނީ ޔުނައިޓެޑް ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ. މީގެ ތެރޭގައި ޔުނައިޓެޑްގެ ސަޕޯޓަރުންވެސް ހިމެނެއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 21 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. ޕެލަސް އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ ފަނަރަވަނައިގައެވެ.

ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ކުޅޭނީ ޔަންގް ބޯއީސްއާއި ދެކޮޅަށް ޗެންޕިއަންސް ލީގުގައެވެ. ޔުނައިޓެޑްގެ އަމިއްލަ ލަނޑުގައި މި މަހުގެ 28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...