ޕާކިސްތާންކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖެ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: އެފްއޭއެމް
ޕާކިސްތާންކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖެ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: އެފްއޭއެމް
ހަބަރު 14 Jan 2026 | 20:23

ސާފް ފުޓްސަލް ޗެމްޕިއަންޝިފް؛ ޕާކިސްތާން އަތުން ރާއްޖެއަށް ބޮޑު މޮޅެއް

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންސިޕް މުބާރާތުގައި ރާއްޖޭގެ ފިރިހެން ޤައުމީޓީމް ޕާކިސްތާނާ ބައްދަލުކުރިމެޗް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

މިމެޗްގައި ރާއްޖޭގެ ޓީމުން ޕާކިސްތާނުގެ މައްޗަށް ކުރިހޯދީ 7-1 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ރާއްޖެއިން ވަނީ ޕާކިސްތާނުކޮޅަށް ފަސް ލަނޑު ޖެހިއެވެ. މެޗްގައި ރާއްޖެއަށް ގޯލް ހުޅުވާލަދިނީ އަލީ ހަމީދު (އައްމަޑޭ) އެވެ.

މެޗްގައި ދެން ރާއްޖެއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އަލީ ޝިޔާހް (ޝިޔާ)، ކެޕްޓަން މުޙައްމަދު އިމްރާން (އިންމި)، ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މެޗްގައި ރާއްޖޭގެ ޓީމްގެ ކީޕަރު ޒައިދާން  ވަނީ ޕާކިސްތާނު ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗްގައި ޕާކިސްތާނުން ލަނޑު ޖަހާފައިވަނީ ފަހު ހާފްގައި ނިސާރު ހުސެއިން އެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ދެން ނިކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތުގައި އިންޑިއާ އާ ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗް ނިމުނީ އެއްވަރުވެގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ސާފް މެންސް ފުޓްސަލް މުބާރާތް ރާއްޖެއިން ނިންމާލީ އެންމެ ޝަރަފްވެރިގޮތުގައި
26 Jan 2026 ހަބަރު

ސާފް މެންސް ފުޓްސަލް މުބާރާތް ރާއްޖެއިން ނިންމާލީ އެންމެ ޝަރަފްވެރިގޮތުގައި

މިހާތަނަށް ޓީމަކަށް މުބާރާތެއް ނިންމާލެވޭނެ އެންމެ ޝަރަފްވެރި ނަތީޖާއާއެކު ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ އިވެންޓް ނިންމާލައިފިއެވެ. މުބާރާތް ބޭއްވި ފުރަތަމަ ފަހަރު ރާއްޖެއިން ...