މަޖިލިސް ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަނީ، ސޮއި ހަމަކުރަން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. އެއާއެކު މައްސަލަ ހުށަހެޅުމަށް މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މިހާތަނަށް 40 މެންބަރުން ސޮއި ކޮށްފައިވާކަން ވަނީ އެނގިފައެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް މިދިޔަ މަހު 21 ވަނަ ދުވަހު އޭނާ ވަނީ ވަކިކޮށްފައެވެ.
އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ މިއަދު ނެރެލާފައެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް އެ ގުރޫޕުން ބޭރުކޮށްލީ މިއަދު ހެނދުނު 6:00 އެހާކަންހާއިރުއެވެ.
އެ ގުރޫޕަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް