މާލޭ ގެއެއްގައި ރޯވުން؛ އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމީހުންގެ ހާލު ސީރިއަަސް ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 5:27 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސްއެވެ.
އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް