މައްސަރު ޓެކްސް އުވާލަން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕެޑާއި ޓެމްޕަން ފަދަ މައްސަރުގެ ދުވަސްވަރު ބޭނުންކުރެވޭ ބާވަތްތަކުން ނެގޭ ހަ ޕަސެންޓްގެ ޖީއެސްޓީ އުނިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަހުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲ އެވެ. ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ މިރޭގެ ޖަލްސާގައި 73 މެމްބަރުގެ ވޯޓުންނެވެ.
ޕެޑުން ޓެކްސް މިހާތަނަށް ނެގެމުންދަނީ އެއީ ރާއްޖޭގެ ޓެކުހާއި ބެހޭ ގާާނޫނުގައި ޒަރޫރީ ބާވަތެއްގެ ގޮތުގައި ހިމަނާފައިނުވާތީއެވެ.
މައްސަރު ޓެކްސް އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ އެޖެންޑާގައި ކުރުމަށް ރާވާފައިވާކަމެއްކަން ފާހަގަކޮށްލެވެއެވެ.
މިކަމަށްޓަކައި ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި މީގެ ކުރިން ވަނީ އަޑު އުފުލައި، މައްސަރުޓެކްސް ނަމުގައި ބޮޑު ކެމްޕެއިންއެއް ހިންގާފައެވެ. މައްސަރު ޓެކްސް އުވާާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް