ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހެދުމަށް އިންޑިޔާއިން ހުށަނާޅާ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖެއަށް އިންޑިޔާއިން ދިން ބަޖެޓް ސަޕޯޓްގެ ބަދަލުގައި އެގައުމުގެ މިލިޓަރީ ބޭސްއެއް ރާއްޖޭގައި އެޅުމުގެ ފުރުސަތު ދިނުމަށް އިންޑިޔާއިން އެދިފައިނުވާކަމަށް އެގައުމުގެ މީޑިޔާއަކުން ބުނެފިއެވެ.
އޭޝިއަން ނިއުސް އޭޖެންސީ (އޭއެންއައި) އިން ރިޕޯޓްކުރާ ގޮތުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިޔާއިން ދޭ ފައިސާގެ ބަދަލުގައި އެގައުމުގެ އަސްކަރިއްޔާއިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ގާއިމްވެ ތިބުމުގެ ފުރުސަތު ދިނުމަށް އެގައުމުން ޝަރުތުކޮށްފައެއް ނުވެއެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާއިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ފޯރުކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ ތެރޭގައި އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގައި އިންޑިޔާގެ އަސްކަރީ ބޭސްއެއް އެޅުމަށް ހުއްދަ ދޭނެކަމަށްބުނެ އަޑުފަތުރާފައެވެ.
ނަމަވެސް އޭރުވެސް ސަރުކާރުންވަނީ ރާއްޖޭގެ އިސްތިގްލާލާއި މިނިވަންކަމަށް އަސަރުކޮށްފާނެފަދަ އެއްވެސް އަމަލެއް ނުކުރާނެކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް