ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނު ކުުރެވުނު ޒަމްޢަތު. ފޮޓޯ/ ރައްޔިތުންގެ މަޖިލީސް
ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނު ކުުރެވުނު ޒަމްޢަތު. ފޮޓޯ/ ރައްޔިތުންގެ މަޖިލީސް
ހަބަރު 16 Jun 2025 | 07:47

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޒަމްއަތު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް ޒަމްއަތު އަހްމަދު ވަހީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބިފައިވަނީ ޒަމްއަތެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް 56 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ފާސްކުރި ޒަމްއަތު މިވަގުތު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކްޓިވް އޮފިސަރިގެ މަގާމުގައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޓަވިއު ކޮށްފަ އެވެ. އެއީ ޒަމްއަތު އަހްމަދު ވަހީދު، ޒީނާ ޒާހިރު، ޝިމްލާ އަހުމަދު، އަޝްރަފް އަލީގެ އިތުރޔުން އަލީ ޔޫސުފެވެ.

މީގެ ތެރެއިން 3 ކެނޑިޑޭޓުންގެ ޝަރުތު ހަމަވިއިރު، ކޮމެޓީގެ ނިންމުމުގައި ކުރީގައި އޮތީ ޒަމްއަތު އެވެ. ޒަމްއަތަށް 89.29 މާކުސް ލިބިފައިވެ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރީން ހުޅުވާލުމުން އެންމެ މަތީން މާކުސް ލިބުނު ޒީނާއަށް މި ފަހަރު ކޮމެޓީން ދިނީ 84.57 މާކުސް އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކުރީގެ މެންބަރު އާމިނަތު އަމީނާގެ ދައުރު މިމަހުގެ 14 ވަނަ ދުވަހު ހަމަވުމާއި ގުޅިގެންނެވެ. ބްރޯޑްކޮމްއަކީ 7 މެމްބަރުންގެ މައްޗައް އެކުލެވޭ ކޮމިޝަނެކަށްވާއިރު، ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރެވެނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުގެ ރައީސާ ޞަފާ ޝަފީޤާއި، ނައިބު ރައީސާ ޝިފްލާ އިބްރާހީމްއެވެ. އެކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވީ އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ އާއި އަޙުމަދު ރިޟްވާނުގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.