N/A
N/A
ވިޔަފާރި 05 Feb 2026 | 08:00

ދިރާގުން މީޑިއާނެޓްއާއި ގުޅިގެން އެމް.ޓިވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ތައާރަފުކޮށްފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިރާގުން މީޑިއާނެޓްއާއި ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

މި ޕަރޓްނަޝިޕްގެ ދަށުން، ދިރާގުގެ މުވާސަލާތީ ހިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި، ބޭނުންވަގުތަކު ބަލާލެވޭ 'އޮން-ޑިމާންޑް' ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާއިއެކު އަގުހެޔޮކޮށް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދިރާގުން ބުނެފައިވާގޮތުން، އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކި އެކި ބޭނުންތަކަށް ބިނާކޮށެވެ.

އެގޮތުން 1 މަސްދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ހިޔާރުކުރެވޭ މި ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50ރުފިޔާއިންނެވެ. މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ 'ވީޑިއޯ ކްލަބް މޯބައިލް' ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު އެންމެ 50 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށް ބުންޏެވެ.

މި ހިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް އެމް.ޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް'ސަބްސްކްރައިބް' އަށް ފިއްތާލުމުން ވަގުތުން ހިދުމަތް އެކްޓިވޭޓްވާނެއެވެ.

މި ހިދުމަތުގެ ފައިސާ ކަސްޓަމަރުންގެ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަންވެސް ލިބިގެންދާނެ ކަން ދިރާގުން ފާހަގަކޮށްފައިވެއެވެ.

ދިރާގުން ބުނެފައިވާގޮތުން އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ
07 Oct 2026 ހަބަރު

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ

ބ. ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމަށް އަމާޒުކޮށްގެން ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ...

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި
16 Sep 2026 ވިޔަފާރި

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތ...

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
07 Sep 2026 ހަބަރު

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމ...

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ
06 Sep 2026 ވިޔަފާރި

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަ...

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
31 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މު...

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!
24 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސް...