މިއަދު 148 މީހުން ޕޮޒިޓިވްވި، އޭގެ ތެރޭގައި ގިނައީ ދިވެހިން!

06 Aug 2020 | 00:14

ކޮވިޑް-19 ބައްޔަށް ދިވެހިރާއްޖެއިން މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް އިތުރު 148 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިންވެސް ގިނައީ ދިވެހިންނެވެ. އެގޮތުން މިއަދުވެސް 117 ދިވެހިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. 

އޭގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ 22 މީހުން، އިންޑިޔާގެ 7 މީހުން އަދި ނޭޕާލާއި ސީޝެލްސްގެ ރައްޔިތެކެވެ. މިއާއިއެކު މި ބައްޔަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ 4594 އަށް އަރާފައެވެ.

މިއަދު ފެނުނު އާ ކޭސްތަކުގެ ތެރެއިން ދެ ކޭހެއް ފިޔަވައި އެހެން ހުރިހާ ކޭސްތަކެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 1869 އަށް އަރާފައެވެ.

Advertisement

ކޮމެންޓް