ޖީއެމްއާރގެ ގުރޫޕްގެ ޗެއާމަން ރާއްޖެއަތުވެއްޖެ

19 Nov 2018 | 22:08

އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައީސުލްޖުމްހޫރީޔާ ކަމުގެ މަގާމުގެ ހުވާކުރުމުގެ ރަސްމީޔާތުގައި ބައިވެރި ވުމަށް ޖީއެމްރާ ގުރޫޕްގެހޭ ޗެއާމަން ގްރާންދި މައްލިކަރޖުނާ ރާއޯ ރާއްޖެ ވަޑައިގަންނަވާފިއެވެ.

އޭނާ ރާއްޖެ ވަޑައިގެންފައިވަނީ ޕްރައިވެޓް ޖެޓެއްގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ޖީއެމްއާރަކީ ރައީސް ނަޝީދު ސަރުކާރުގައި ވަރަށް ގާތް ގުޅުމެއް ބޭއްވި އިންޑިއާގެ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ރާއްޖޭގެ ބައިނަލް އުވާމީ އެއާޕޯޓުވެސް ވަނީ ޖީއެމްއާރަށް ތަރައްގީކުރުމަށް ހަވާލުކޮށްފައެވެ.

ނަމަވެސް އެގްރިމެންޓް މިހާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އަދާލަތް ޕާޓީ އަދި ރައީސް މައުމޫން އިސްވެ ހުންނަވާ ޕީޕީއެމް އިން ވަނީ މިކަމާ އިދިކޮޅަށް ނިކުމެ ރައީސް ވަހީދު ގެ ވެރިކަމުގައި ޖީއެމްއާރ އެގްރިމެންޓް ބާތިލްކޮށްފައެވެ.

މިއީ ރާއްޖެއާއި އިންޑިއާ ދެމެދުގައި ވާ ޒަމާންވީ ގުޅުމަށް ބޮޑު ހީނަރުކަމެއް އައި ކަމެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ޕީޕީއެމް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ޖީއެމްއާރަށް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

Advertisement

ކޮމެންޓް