މިއަދު ކޮވިޑް-19 އަށް 109 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް ދިވެހިރާއްޖެއިން މިއަދު 109 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ކޮވިޑް-19 އަށް ވަނީ 109 މީހަކު އަލަށް ޕޮޒިޓިވްވެފައެވެ. މިއަދުވެސް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ ދިވެހިންނެވެ.
މިއަދު 80 ދިވެއްސަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
މި ކޭސްތަކުގެ 3 ކޭސް ފިޔަވައި އެހެން ހުރިހާ ކޭހެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. މި ބަލި ދިވެހިރާއްޖެއިން ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7578 އަށް އަރާފައެވެ.
އަދި ބަލިން 4925 މީހުން ރަނގަޅުވީއިރު، 28 މީހަކު ވަނީ ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް