ކުޅުދުއްފުށި އަދި ނޮޅިވަރަމް މޮނީޓަރިންގގެ ހާލަތަށް ގެންގޮސްފި

25 Sep 2020 | 22:24

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުޅުދުއްފުށި ސިޓީ އަދި ހދ.ނޮޅިވަރަމް މޮނީޓަރިންގގެ ހާލަތަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މި ދެރަށް މޮނީޓަރިންގގެ ހާލަތަކަށް ގެންދެވުނީ ކުޅުދުއްފުށި ސިޓީގައި އޮތް ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.

އަދި މި ދެރަށް މޮނީޓަރިންގއަށް ގެންދެވުނީ ފަޅުވެރިޔާގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރުމަށްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މޮނީޓަރިންގގެ ހާލަތަށް ލެވޭ ރަށްރަށުން ހުއްދަނެތި މީހުން އަރާފޭބުމަކީ މަނާ ކަމެކެވެ. މީގެ ކުރިންވެސް މި ދެރަށް މޮނީޓަރިންގއަށް ލެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ފޮޓޯ: އެޑިޝަން

Advertisement

ކޮމެންޓް