އިބްތިހާލްގެ މަރުގެ މައްސަލައިގައި ހުކުމްކުރުން އަންނަ އާދިއްތަ ދުވަހު އޮންނާނެ

27 Nov 2020 | 15:55

2015ވަނަ އަހަރުގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލެވިފައި އޮއްވާ ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ހުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ކުށުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ އެންމެ ފުރަތަމަ ކުށަށް އިއުތިރާފްވެފައެވެ. ނަމަވެސް އޭނާ ފަހުން ވަނީ އިބްތިހާލް މަރާލިކަމަށް އިއުތިރާފްވީ ބިރުދެއްކުމުން ކަމަށް ބުނެފައެވެ. އަދި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ފުލުހުންނާ ޑޮކްޓަރުންވެސް ހަދަނީ ދޮގުކަމަށްވެސް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާފިޔާ ވަނީ ވަކީލެއްގެ އެހީގައި ކުރިއަށްދާން ބޭނުންވާކަމަށް ބުނެ، ފަހުން ވަކީލަކު ބޭނުން ނުވާކަމަށް ބުނެފައެވެ. 

ފަސް އަހަރުވެފައިވާ މި މައްސަލައިގައި ހުކުމްކުރުމަށް އެންމެ ފުރަތަމަ ތާވަލްކުރެވުނީ މިއަހަރުގެ މާޗްމަހުގެ 12ވަނަ ދުވަހަށެވެ. 

Advertisement

ކޮމެންޓް